Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކޮވިޑުގައި މިއަދު މިހާތަނަށް ދެމީހުން މަރުވެއްޖެ

ކޮވިޑު-19 އަށް ފަރުވާ ދެމުން ދިޔަ ދެ މީހަކު މިއަދު ނިޔާވެއްޖެއެވެ.

މިއަދު ނިޔާވި މީހުންނާއި އެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 154 އަށް އަރާފައެވެ.

މިއަދު ފުރަތަމަ ކޮވިޑު ޖެހިގެން މަރުވެފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 5:55 ގައިކަމަާް އެޗްޕީއޭއިން ބުނެއެވެ. އެއީ ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިއަދު ދެވަނައަށް މަރުވެފައިވަނީ 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގަައި ފަރުވާދެމުން ދިޔަ މީހެކެވެ.

މި މަހު މިހާތަނަށް ރާއްޖެއިން ކޮވިޑު ޖެހިގެން 81 މީހަކު ވަނީ މަރުވެފައެވެ.