ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއް ކަމަށް ވަންޏާ، އެ ސިޔާސަތުތައް ހަދަންވާނީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ނިކަމެތި ރައްޔިތަކު އެ ބޭފުޅާއަށް ގުޅުއްވާ އުޅޭ ހާލަތު ބަޔާންކޮށް ދެއްކި ވާހަކަތައް ޓްވީޓާގައި ހިއްސާ ކުރައްވަމުން މުއިއްޒު ވަނީ މިރޭ ވަރަށް ދެރަވެއްޖެ ކަމަށް ވިދާޅުވެފައެވެ.
މިރޭ ވަރަށް ހިތްދަތިވެފަ، ނިކަމެތި ރައްޔިތަކު އަޅުގަނޑަށް ގުޅާލާފައި ބުނަނީ، ތިމަންނަގެ 5 ދަރިންނާއި، ބަލި މަންމައާއި، ތިމަންނަގެ އަންހެނުންނާއި ދިރިއުޅެނީ 10×12 ކޮޓަރިއެއްގައިކަމާއި، ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން…(1/3)
— Dr Mohamed Muizzu (@MMuizzu) May 30, 2021
މިސްކިތަށްދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލައިފިކަމަށް. "ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސްޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ..(2/3)
— Dr Mohamed Muizzu (@MMuizzu) May 30, 2021
…މަޙުރޫމް ކުރަންވީ" އޭނާ އަސަރާއެކު ސުވާލުކުރި. މީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު. ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވަންޏާ ރައްޔިތުންގެ އަޑުއަހައިގެން އެ ސިޔާސަތެއް ހަދަންވާނީ. ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ(3/3)
— Dr Mohamed Muizzu (@MMuizzu) May 30, 2021
"މިރޭ ވަރަށް ހިތްދަތިވެފަ، ނިކަމެތި ރައްޔިތަކު އަޅުގަނޑަށް ގުޅާލާފައި ބުނަނީ، ތިމަންނަގެ 5 ދަރިންނާއި، ބަލި މަންމައާއި، ތިމަންނަގެ އަންހެނުންނާއި ދިރިއުޅެނީ 10ފޫޓު 12 ކޮޓަރިއެއްގައިކަމާއި، ނިދަނީ ޑިޔުޓީ ބަހައިގެންކަމާއި ނަމަވެސް ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން. މިސްކިތަށްދިޔުމުން ފުލުހުން ހުއްޓުވާ ފޮނުވާލައިފިކަމަށް. "ޖަމާޢަތް ހެދުން ހުއްޓުވަން ފުލުހުން މިސްކިތަށްވަދެ އެކަން ކުރަންވީނުންހޭ ތިމަންނަމެން ކަހަލަ، ނަމާދުކޮށްލަން އެއްވެސްޖާގަައެއް ގޭތެރޭގައި އަމުދުން މި ލޮކްޑައުން ޙާލަތުގައި ނެތް މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ. .މަޙުރޫމް ކުރަންވީ" އޭނާ އަސަރާއެކު ސުވާލުކުރި. މީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު. ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވަންޏާ ރައްޔިތުންގެ އަޑުއަހައިގެން އެ ސިޔާސަތެއް ހަދަންވާނީ. ނޫނީ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ. " މުއިއްޒު ވިދާޅުވިއެވެ.
ތޮއްޖެހިފައިވާ މާލޭގައި ގިނަ ބަޔަކު އުޅެން ޖެހިފައިވަނީ ވަރަށް ހާލުގައެވެ. ލޮކްޑައުންގެ ހާލަތުގައި އެންމެން އެއްތަނެއްގައި އަބަދު ތިބުން ވެގެންދާނީ ވަރަށް ވެސް އުނދަގޫ ތަހައްމަލް ކުރަންޖެހޭނެ ކަމަކަށެވެ.