Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އަޅުގަނޑު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު -- ފޮޓޯ / ސަން

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ސިޔާސީ ދާއިރާއަށް ނެރެދެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑު ސިޔާސީ މައިދާނަށް ނެރެދެއްވީ ރައީސް ޔާމީން. އެއީ ހަރުދަނާ ސިޔާސީ ލީޑަރުންތަކެއް އުފެއްދި، ކެބިނެޓުން ޒުވާނުންނަށް ފުރުސަތު ދެއްވި، "މީހުން މީހުންނަށް" ހެދި ލީޑަރެއް! ސިޔާސީ މައިދާނުގައި ފިޔަޖަހަމުންދާ ގިނަ ތަރިންނަކީ ރައީސް ޔާމީން އޮފުދާރު ކުރެއްވި، ދިހުން ގެނެސްދެއްވި ތަރިން!" އާދަމް ޝަރީފް ވިދާޅުވިއެވެ.

ފަހަކަށް އައިސް އާދަމް ޝަރީފް ވަނީ އޭނާގެ ޓްވީޓްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފަށާފައެވެ. ދާދި ފަހުން ކޮވިޑް-19 ބާރު ސްޕީޑްގައި ފެތުރޭތީ އެކަން ކޮށްޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް މިދަނޑިވަޅުގައި ނެރުނީ ކޮވިޑްގެ މައްސަލަތައް ފޮރުވުމަށްޓަކައިކަމަށެވެ. އަދި 2024 ގައި އެމްއެމްޕީއާރްސީގެ ދެވަނަ ލިސްޓެއް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.