Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އަގެއް ނެތް ބިލްތަކުން އުފެދޭ ޤާނޫނުތައް ވުޖޫދުން ފޮހެވިދާނެ: އަބްދުﷲ ދީދީ

ލާދީނިއްޔަތުގެ ނުފޫޒުގައި ޖެހިފައި ތިބި ‘އިސްލާމޮފޯބްސް’، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ދުސްތޫރީ ޕްރިންސިޕަލްތަކާ ޚިލާފަށް ހުށަހަޅާ އެއްވެސް އަގެއް ނެތް ބިލްތަކުން އުފެދޭ ޤާނޫނުތަކަކީ ޑިކްޓޭޓަރޝިޕް ނިޒާމާއެކު ވުޖޫދުން ފޮހެވިގެންދާނެ އެއްޗެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

"ލާދީނިއްޔަތުގެ ނުފޫޒުގައި ޖެހިފައި ތިބި ‘އިސްލާމޮފޯބްސް’، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި ދުސްތޫރީ ޕްރިންސިޕަލްތަކާ ޚިލާފަށް ހުށަހަޅާ އެއްވެސް އަގެއް ނެތް ބިލްތަކުން އުފެދޭ ޤާނޫނުތަކަކީ ޑިކްޓޭޓަރޝިޕް ނިޒާމާއެކު ވުޖޫދުން ފޮހެވިގެންދާނެ އެއްޗެއް!" ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

މުސްލިމަކަށް ކާފަރެއްގެ ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތު އަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި ބިލް ހުށަހެޅި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.