ބަނގްލަދޭޝްގައި ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރެެއް ކަމަށްވާ މިނިކާވަގުގެ 70 އެތި މަރާލާފައިވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ޕޮލިސް ޗީފް ސައިދޫރް ރަހްމާން އަންގާރަ ދުވަހު ބުނެފައިވަނީ ހަބީބް ތަލުކްދަރް ނަމަކަށް ކިޔާމީހާއަކީ އޭނާގެ މޮޅެތި އުކުޅުތައް ބޭނުންކޮށްގެން ޖަނަވާރުތައް މަރާކަމަށް މަޝްހޫރު މީހެއް ކަމަށެވެ. އޭނާގެ ވަނަމަށް ކިޔާ އުޅެނީ ޓައިގާ ހަބީބް ކަމަށް ވެސް ޗީފް ބުނެފައިވެއެވެ. ކޮންމެ ފަހަރަކު ވެސް ހަބަރެއް ލިބިގެން ހަބީބް ހައްޔަރު ކުރަންދާ ވަގުތު އޭނާ އެ ސަރަހައްދެއް ދޫކޮށް ފިލާ ކަމަށް ޗީފް ބުންޏެވެ.
50 އަހަރުގެ ހަބީބް ހައްޔަރު ކޮށްފައިވަނީ ދެކުނު ބަގާހަޓް ޑިސްޓްރިކްޓްގައި ހުންނަ އޭނާގެ ގެއިން ހޮނިހިރު ދުވަހުއެވެ. މިހާރު އޭނާ ވަނީ ޖަލަށްލާފައެވެ. އަދި ތަހުގީޤް ފަށާފައިވާ ކަމަށް ރަހްމާން ބުނެފައިވެއެވެ.
ހަބީބް އަކީ ސަރަހައްދު މީހުންގެ ތެރޭގައި ބިރެއް ނެތި ވަލު ޖަނަވާރުން މެރުމަށްފަހު މާމުއި ހޯދުމަށް ޖަންގަލި ތެރެއަށް ވަނުމަށް އެންމެ މޮޅު މީހެއްގެ ލަގަބު ލިބިފައިވާ މީހާއެވެ. އޭނާ އެންމެ ފުރަތަމަ މިނިކާވަގެއް މަރާފައިވަނީ އުމުރުން 20 އަހަރުގައި ކަމަށް ވެއެވެ.
ޖަނަވާރުތައް ހިމާޔަތް ކުރުމުގެ ޤާނޫނުތަކުގެ ދަށުން ބޮޑު ހުކުމެއް އޭނާއަށް އަންނާނެ ކަމަށް ބެލެވެއެވެ.