ގދ. ތިނަދޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނަކު ފަތިހު 5:30 ހާއިރު މަރުވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި އެރަށުން މަރުވި ފުރަތަމަ މީހާއެވެ.
ތިނަދޫއިން މިހާތަނަށް 201 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިވަގުތު އެކްޓިވް ކޭސްގެ އަދަދަކީ 56އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭ 3 މީހުން ތިނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު 3 މީހަކަށް ތިނަދޫ ކޮވިޑު ފެސިލިޓީގައި ދަނީ ފަރުވާދެމުންނެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ ބަލި ޖެހިފައިވާ 11 މީހަކު ވަނީ ބަލިމން ރަނގަޅުވެފައެވެ. އެރަށުން ޖުމްލަ 145 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.