Last Updated: November 27, 21:29
Wednesday, November 27, 2024
ވިޔަފާރި

އެސްޓީއޯގައި މައްސަލަތަކެއް ހުރި: ޝާޑް

އެސްޓީއޯގެ ކުރީގެ އެމްޑީ ޝާހިދު އަލީ. ފޮޓޯ/ ހަވީރު

އެސްޓީއޯގެ މެނެޖިން ޑިރެކްޓަރުގެ މަގާމާ 2008 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު، އެ ކުންފުނީގައި ވެސް މައްސަލަތަކެއް ހުރި ކަމަށާއި ކޮންމެ ވިޔަފާރިއަކީ ވެސް މައްސަލަތަކެެއް ހުންނާނެ ވިޔަފާރިއެއް ކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ ޝާހިދު އަލީ (ޝާޑް) ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޝާހިދުން މަަގާމުން ވަކިކޮށް، އެސްޓީއޯ ބަނގުރޫޓްވެފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް ޝާޑް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "2008 ވަނަ އަހަރު އެސްޓީއޯ ހަވާލުވި އިރު އެ ކުންފުނީގައި ގިނަ މައްސަލަތަކެއް ހުރި" ކަމަށެވެ.

"އެކަމަކު އެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް ކުރީ އެ މައްސަލަތައް ހައްލު ކުރަން،" ޝާހިދު ވިދާޅުވެފައިވެ އެވެ.

އެސްޓީއޯއަކީ ބަނގުރޫޓްވެފައިވާ ކުންފުންޏެއް ކަމަށް އާ ރައީސް ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ބައެއް މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ޝާޑް ވަނީ ވިދާޅުވެފަ އެވެ.