Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ފޭދޫގައި ވަގުންގެ އުނދަގޫ ބޮޑުވެއްޖެ

އައްޑޫގައި ފުލުހުންތަކެއް އާންމުންގެ ބަޔަކާ ވާހަކަ ދައްކަނީ. ފޮޓޯ/ ޕޮލިސް

މި ދުވަސްކޮޅު ސ. ފޭދޫގައި ވަގުންގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރަން ފަށައިފި އެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ވަގުން ގޭގެ އަށް ވަދެ، ގޭގައި ހުންނަ ފޯނާއި އެ ނޫން ފަދަ އަގު ބޮޑު ބައެއް ސާމާނު ވަގަށް ނަގަމުންދާ ކަމަށެވެ.

"އާންމު ރައްޔިތުން އުޅޭ ތަންތަނުގެ އިތުރަށް، ބިދޭސީން އުޅޭ ތަންތަނަށް ވަދެ އެ މީހުންނަށް ވެސް ބިރު ދައްކައި ވައްކަން އެބަ ކުރޭ،" ފޭދޫ މީހަކު ބުންޏެވެ.

ވަގުންގެ އުނދަގޫ ބޮޑުވެ، ވައްކަން ކުރުން އިތުރުވެފައިވާތީ މިކަމާ ބައެއް ވިޔަފާވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ތަންތަނުގައި ސެކިއުރިޓީ އަށް ތިބޭ ވޮޗަރުންނަށް ވެސް ވަގުން ބިރު ދައްކަމުންދާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ވައްކަން ކުރިން ފޭދޫގައި އިތުރުވެފައިވާތީ، މި މައްސަލަ ބައެއް އާންމުން ވަނީ ގަން ޕޮލިސް ސްޓޭޝަނަށް ވެސް ހުށަހަޅައިފަ އެވެ.