ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ އައްޑު ގޮނޑި ފުރުއްވާފައިވާ ހިޔަލީ މުހައްމަދު ރަޝީދު، ކުރިއަށް ރައްޔިތުންގެ މަޖިލީހުހެ ހިތަދޫ މެދު ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހިތަދޫ މެދު ދާއިރާގެ ޕީޕީއެމްގެ ކެމްޕޭން މެނޭޖަރުކަން ވެސް ކުރެއްވި ހިޔަލީ އެ ދާއިރާ އަށް ކުރިމަތިލައްވާކަން ޕީޕީއެމްގެ އައްޑޫ އިސް އޮފިޝަލަކު ވެސް ވަނީ ކަށަވަރުކޮށް ދެއްވަައިފަ އެވެ. ކުރިން ވެސް ހިޔަލީ މި ދާއިރާ އަށް ކުރިމަތިލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ގޮނޑި މިހާރު ފުރުއްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވެސް ވަނީ ދެވަނަ ދައުރަކަށް އެ ދާއިރާ އަށް ކުރިމަތިލައްވަން ނިންމަވައިފަ އެވެ.