Last Updated: December 27, 17:45
Friday, December 27, 2024
ޚަބަރު

ނަސްރީނާގެ ހާލު ރަނގަޅު: ރައީސް މައުމޫން

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވައިވާ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ހާލު ރަނގަޅު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނަސްރީނާގެ ހާލު ރަނގަޅުކަމަށާއި، ހުރިހާބޭފުޅުންގެ ހެޔޮދުއާއަށް ޝުކުރުދަންނަވާ ކަމަށެވެ.

ނަސްރީނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގެވަގުތެއްގައެވެ. ނަސްރީނާ ބައްޔަށް ޕޮޒިޓިވްވުމުން ރައީސް މައުމޫން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނަތީޖާ ނެގެޓިވް ވެފައިވާކަމަށް މައުލޫމާތުލިބެއެވެ.

އަދި ނަސްރީނާ މިވަގުތު ހުންނެވީ ގޭގައި ކަމަށް މައުލޫމާތުލިބެއެވެ.