ކޮވިޑު-19 އާއި ގުޅިގެން ހިތަދޫއަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރާ އިރު ވަޒީފާތަކަށް ނިކުންނަ ފަރާތްތަކުން ހުއްދަ ނަގަން ޖެހޭކަމަށް ފުލުހުން ބުނެފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވީ ވަޒީފާ އަދާ ކުރާ ފަރާތްތަކުންވެސް ކާފިއު ގަޑީގައި ވަޒީފާއަށްދާ ނަމަ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަން ޖެހޭ ކަމަށެވެ. އަދި އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަަށް ވަޒީފާގެ މައުލޫމާތު ހުށަހެޅުމުން އެފަރާތުން ދޭ މައުލޫމާތުގެ މައްޗަށް ވަޒީފާއަށް ދާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ފޯރުކޮށްދޭނެކަމަށެވެ.
ހިތަދޫން ގިނަ އަދަދެއްގެ ރެންޑަމް ސާމްޕަލްތަކެއް ކޮވިޑު-19 އަށް ޕޮޒިޓިވްވީ އިރު އޭގެ ތެރޭގައި ބަންގުލަދޭޝްގެ ގިނަ ބަޔަކު ހިމެނޭތީ، ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ހެނދުނު 8 އިން ފެށިގެން ކާފިއު ވަގުތު ފެެށޭއިިރު، ކާފިއު ވަގުތު ތަކުގައި ގެއިން ބޭރުގައި އުޅެވޭނީ ފުލުހުންގެ ދޭ ހާއްސަ ހުއްދަ އާއި އެކުއެވެ.
ލޫޠު ވިދާޅުވީ ކާފިއު ގަޑީގައި ޒަރޫރީ ބޭނުންތަކަށް ކޮންމެ ގެޔަކަށްވެސް ދެ ހުއްދަ ދޭ އިރު އެ ހުއްދަ ބޭނުންކޮށްގެން ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރުގައި އުޅެވޭނެ ކަމަށެވެ. ޕާމިޓަށް އެދެން ވާނީ https://www.police.gov.mv/permit/ މި ލިންކުންނެވެ.ހިތަދޫ އިން މިއަދު ވެސް 15 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހަތަރު ރެންޑަމް ސާމްޕަލް ހިމެނެއެވެ. އަނެއް 11 ކޭސް އަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.
ހިތަދޫގައި މިވަގުތު ކޮވިޑްގެ އެކްޓިވް 77 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކުރެއެވެ. މި ބައްޔަށް ޕޮޒިޓިވްވި އެކަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.
ހިތަދޫ އިން އިއްޔެ ވެސް 15 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރޭގައި ހަތަރު ރެންޑަމް ސާމްޕަލް ހިމެނެއެވެ. އަނެއް 11 ކޭސް އަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ.
ހިތަދޫގައި މިވަގުތު ކޮވިޑްގެ އެކްޓިވް 77 ކޭސް އުޅޭ ކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކުރެއެވެ. މި ބައްޔަށް ޕޮޒިޓިވްވި އެކަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.