Last Updated: November 27, 01:11
Tuesday, November 26, 2024
ރިޕޯޓް

އިބްރޭ އަބަދުވެސް އެމްޑީޕީއާއި އެކު!

ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރަހިމް ދީދީ (އިބްރޭ) އަކީ އާދަޔާ ހިލާފް މީހެކެވެ. އޭނާ ނޫން އެހެން މީހަކު ނަމަ މިއަދު އެމްޑީޕީއަކު ނުހުންނާނެއެވެ. ޕާޓީން ވަކިވެ ޕާޓީ ބައިބައިކޮށްލަން ހުންނާނީ ނިކުމެއެވެ. އެކަމަކު އިބްރޭގެ ވިސްނުން ވަރަށް ތަފާތެވެ.

2011 ވަނަ އަހަރު ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބްގެ އެމްޑީޕީ ޕްރައިމަރީއަށް އިބްރޭ ނިކުތެވެ. އަވަށު ބޯޑުގެ ރައިސް ކަމުގެ މަގާމުގައި ހުރެއެވެ. ހުޅުމީދޫގެ އެމްޑީޕީގެ މައި ބަދައިގެ ގޮތުގައިވެސް މެއެވެ. އެކަމަކު ޕަރައިމަރީން އިބްރޭ "ފެއިލް"ވީއެވެ.

މިހާރު ޑެޕިއުޓީ މޭޔަރަކަށް ހުރި ހަސަން ޝާހިދް އާއި ވާދަކޮށް ބޮޑު ތަފާތަކުން އިބްރޭ ނާކާމިޔާބް ކޮށްލީއެވެ. އެކަމުގައި އެތައް ކަމެއް ހިނގި އިރުވެސް އިބުރޭ އަނގައިން ނުބުނީ ޕާޓީއަށް ވަފާތެރިކަމުންނެވެ. އިންތިހާބްގައި އިބްރޭ ނާކާމިޔާބްކޮށްލީ ވަގު ވޯޓު އަޅައިގެންނެވެ. އެކަން އިބްރޭ ވަރަށް ރަނގަޅަށް އެގެއެވެ. އެކަމުގެ އަޑީގައި ތިބި މީހުންވެސް އިބްރޭ އަށް އެނގެއެވެ. އެކަމަކު ސިޔާސީ މަސްރަހް އޮތް ގޮތުން އިބްރޭ މަޑުކޮށްލީއެވެ.

އޭގެ 3 އަހަރު ފަހުން މިދިޔަ ހޮނިހިރު ދުވަހު ކައުންސިލްގެ ޕްރައިމަރީގައި އިބްރޭ ވާދަކުރީ އަވަށު ބޯޑުގެ ރައިސްގެ މަގާމުގައި ހުރެއެވެ. މިފަހަރު ވާދަ ކުރީ ނައިބް ރައީސް އަލީ މުހައްމަދުއާއިއެވެ. އިންތިހާބުން މިފަހަރުވެސް އިބްރޭ "ފެއިލް" ކޮށްލީއެވެ.

އަލީ މުހައްމަދު އާއި ވާދަކޮށް 77 ވޯޓު ލިބުނު ނަމަވެސް އިބްރޭ އަދިވެސް ހުރީ ޕާޓީގައި މަޑުކޮށް ޕާޓީއަށް ކުރިއެރުން ހޯދައިދޭށެވެ، އެކަމަކު މިފަހަރު އިތުރު އެހެން މަސައްކަތެއް އިބްރޭ ވަނީ ކުރަން ނިންމާފައެވެ. އެއީ ކުރީ ފަހަރުވެސް އިބްރޭ "ފެއިލް" ކޮށްލި ގްރޫޕް އާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމަށެވެ.

2011 އިގެ ޕްރައިމަރީގައި ޕާޓީ ޓިކެޓް އަސްލު ލިބުނީ އިބްރޭއަށެވެ. އެކަމަކު އިލްޔާސް ލަބީބްގެ ޓީމުން ބޭނުންވީ އިބްރޭ ކަޓުވާލުމަށެވެ. އެސަބަބަށްޓަކައި ވޯޓު ފޮށި ކައިރީ ތިބި މީހުން ލައްވާ އިތުރަށް ވޯޓު އަޅައިގެން އިބްރޭ ނާކާމިޔާބްކޮށްލީއެވެ.

މިފަހަރުގެ ވޯޓުގައި އިބްރޭ ބަލިކުރުމަށް "ދޮރުން ދޮރަށް" ގޮސް އިބްރޭއަކީ ޕީޕީއެމް މީހެއް ކަމަށް ބުނެ އެންޓި ކެމްޕެއިން ކުރީ ރެއާއި ދުވާލެވެ. އެކަމަށް މިފަހަރުވެސް އިލްޔާސް ލަބީބްގެ ޓީމުން ވަނީ ބުރަ މަސައްކަތެއް ކޮށްފައެވެ.

އިބްރޭ އިންތިހާބްގެ ބަލި ގަބޫލް ކުރުމަށް ފަހު ބުނީ އިލްޔާސް ލަބީބް އާއި ދެކޮޅަށް މިފަހަރު ރަނގަޅަށް މަޖިލިސް އިންތިހާބްގައި ކެމްޕެއިންކޮށްދޭނެ ކަމަށެވެ.

އިބްރޭ އަކީ ހުޅުމީދޫގެ ތަރައްޤީއަށް އަބަދުވެސް ވަކާލާތު ކުރާ މީހެކެވެ. އެކަން ދެރަށުގެ ގިނަ ބަޔަކު ގަބޫލް ކުރެއެވެ. ސިޔާސީ ޕާޓީ ވާދަވެރިކަމުގައި ވެސް އިބްރޭ ފެނިގެންދަނީ އެންމެނާއި ގުޅިގެން އެމްޑީޕީ ޕްރޮމޯޓް ކުރާ އާދަޔާ ހިލާފް މީހަކަށެވެ. އެކަމުގައި އިބްރޭ ވަކިވެގެން ދާކަމަށް ބޭނުމެއް ނޫނެވެ. އިބްރޭ ބުނާ ގޮތުން އޭނާއަކީ އަބަދުވެސް އެމްޑީޕީ މީހެކެވެ. އޭނާއަކީ ސިޔަސީ ފަރާތްތަކަށް ރަނގަޅު ނަމޫނާއެކެވެ.