ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރުދާއިރާއިން މިހާރުވެސް އެދާއިރާ ގޮނޑި ފުރުއްވާ މުހައްމަދު އަސްލަމް ނިކުންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.
އަސްލަމް ހިތަދޫ އުތުރު ދާއިރާއިން ނިކުންނަވަން ނިންމެވި އިރު އަލްއުސްތާޒު މަސްޠޫރު ހުސްނީ ވަނީ އެދާއިރާއިން މަޖިލީހު ގޮޑިއަށް ވާދަކުރައްވާނެއެވެ. އެހެންވެއްޖެ ނަމަ ޕާޓީ ޓިކެޓްއަށް އަސްލަމް އާއި މަސްޠޫރު ހުސްނީ ޕްރައިމަރީގައި ވާދަކުރައްވަން ޖެހޭނެއެވެ.
އަސްލަމް މަޖިލީހުގެ ދެ ދައުރު ވަނީ އަދާކުރައްވާފައެވެ. އެކަމަކު ކުރިން އަސްލަމް ހުންނެވީ އައްޑޫ ތަމްސީލު ކުރާ ދެ މެމްބަރުންގެ ތެރެއިން މެމްބަރެއްގެ ގޮތުގައެވެ. އަދި މިހާރު އަމަލް ކުރަމުންދާ ގާނޫނުގެ ދަށުން އަލުން ހިތަދޫ އުތުރު ދާއިރާއިން ވާދަކޮށް ގޮޑި ހޯއްދަވާފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދެ ދައުރެއް ވުރެ ގިނަ ދައުރަކަށް އެއް މެމްބަރަކަށް މަޖިލީހުގައި ހުރުމުގެ ފުރުސަތެއް ނުލިބެއެވެ. އަސްލަމްއަށް މިވަގުތު ފުރުސަތު ލިބެނީ އާ ގާނުނު އަސާސީގެ ދަށުން އެއްދައުރު ހަމަކޮށްފައިވާތީއެވެ.