Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

28 މީހުންނާއިއެކު ދަތުރުކުރި ރަޝިއާގެ ބޯޓެއް ވެއްޓިއްޖެ

Russian An-26 plane with the tail number RA-26085 is seen in Petropavlovsk-Kamchatsky, Russia in this undated handout image released by Russia's Emergencies Ministry on July 6, 2021. Russia's Emergencies Ministry/Handout via REUTERS ATTENTION EDITORS - THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES. MANDATORY CREDIT.

28 މީހުންނާއެކު ދަތުރުކުރި ރަޝިއާގެ މަތިންދާ ބޯޓެއް ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދު ކަނޑަށް ވެއްޓިއްޖެއެވެ.

މި ބޯޓު ގެއްލިފައިވަނީ ރަޝިއާއާއި ދުރުން އިރުމަތީ ކަމްޗަޓްކާ ޕެނިންސުލާ ސަރަހައްދަށް ކަމަށް އެ ޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"އެންޓޮނޯވް އެން-26 ޓްވިން އެންޖިންޑް ޓާބޯޕްރޮޕް" މި މަތިންދާ ބޯޓަކީ 1982 ވަނަ އަހަރުން ފެށިގެން ދަތުރުތަކުގައި ބޭނުންކުރަމުން އައިސްފައިވާ ބޯޓެކެވެ. އެ ބޯޓު ޕެޓްރޮޕެވްލޮސްކް-ކަމްޗަޓްސްކީ އިން ޕެލެނާ އަށް ދަތުރު ކުރަމުން ދަނިކޮށް އުތުރު ކަމްޗަޓްކާ ހިސާބުން އެއަރ ޓްރެފިކް ކޮންޓްރޯލްއާއި ގުޅުން ކެނޑި ބޯޓު ވީނުވީއެއް ނޭނގިފައިވާ ކަމަށް ރަޝިއާގެ އިމަޖެންސީ މިނިސްޓްރީއިން ބުނެއެވެ.

މި ބޯޓުގައި 22 ޕެސެންޖަރުންނާއި 6 ކްރޫން ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު އުފަންވީ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. ބޯޓު ހޯދުމުގެ މަސައްކަތަށް ސާޗް އެންޑް ރެސްކިއު ޓީމުން ނިކުމެ ބޯޓު ހޯދުމުގެ މަސައްކަތް ފެށި ކަމަށް ޓްރާންސްޕޯޓް ޕްރޮސެކިއުޓަރ އޮފީހުގެ ތަރުޖަމާނު ވެލެންޓީނާ ގްލެޒާވޯ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ބެލެވެނީ ބޯޓުގެ މުވާސަލާތީ ޚިދުމަތަށް ބުރޫ އެރުމުގެ ސަބަބުން ރަންވޭ އަކަށް ނުޖެއްސުނީ ކަމަށެވެ.

މި ބޯޓު ހޯދުމަށް ކުރެވުނު މަސައްކަތުން ބޯޓުވެއްޓިފައިވާ ކަމަށް މިހާރު އެނގިފައިވާ ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބެލޭ ކަމަށް މިނިސްޓްރީއިން ބުނެއެވެ. ބޯޓު ވެއްޓުނު ސަރަހައްދު ކަމަށް ބެލެވޭ ދިމާލަށް ގިނަ އުޅަނދުތަކެއް މިހާރު ވަނީ ދަތުރު ކުރަން ފަށާފައެވެ.