ޤާނޫނެއްގެ ދަށުން،" އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ ދީނީ ކަންތައްތަކުގައި ޚިޔާލު ތަފާތުވެ ފަހަކަށް އައިސް ރާއްޖޭގައި އުފެދޭ މައްސަލަތަކަށް އިޝާރާތް ކުރައްވާ އެކަމަށް ހައްލު ހޯދޭނެ މަގުކަމަށް ދެކެވަޑައިގަންނަވާ ކަންތަކާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހާ ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން،" އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކެން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 7, 2021
"ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހާ ކަންކަމެއް އެކައުންސިލްގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނައި މިނިވަން މުސްތަޤިއްލު ތަނެއްގެ ގޮތުގައި ޤާނޫނެއްގެ ދަށުން،" އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ޤާއިމުކުރުމަކީ، މުހިންމުކަމެއްގެ ގޮތުގައި ދެކެން." ޝަހީމް ވިދާޅުވިއެވެ.
އިތުރު ޓްވީޓެއްގައި ޝަހީމް ވިދާޅުވީ ވުޒާރާއެއްގެ ބަދަލުގައި ކައުންސިލެއް ޤާއިމް ކުރެވިއްޖެނަމަ ދީނީ ކަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ކަމަށެވެ.
ވުޒާރާއެއްގެ ބަދަލުގަައި މިގޮތައް ކައުންސިލެއް ޤާއިމުކުރެވިއްޖެ ނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ޤައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވޭނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 7, 2021
"ވުޒާރާއެއްގެ ބަދަލުގަައި މިގޮތައް ކައުންސިލެއް ޤާއިމުކުރެވިއްޖެ ނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ޤައުމީ ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވޭނެ." ޝަހީމް ވިދާޅުވިއެވެ.