ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ގޮތުގައި ކަމަށް ބުނެ ކޮވިޑްގެ އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށް ވަކި ވަގުތެއްގައި ނޫނީ ބޭރަށް ނުނިކުމޭގޮތައްވެސް ހަދައިފި އެވެ. ކޮވިޑްގެ އެއްވެސް ކޭސްއެެއް ނެތި އެހާ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ސަަބަބެއް ނެތޭ ބުނެ ރައްޔިތުންތަކެއް ކެކުނުއިރު ވެސް އެގޮތުގައި ހިފަހައްޓާލީ އެވެ. އެއީ ހިފަހައްޓާލާފައި އޮތްއިރު އެވެ. މިހާރު ހިފެހެއްޓީ އެވެ. އޭގައި އިމެއް މިނެތް ނެތެވެ. ސުކޫލް ބަންދާއި ބޮޑު އީދު ބަންދާއި މިނިވަންދުވަސް ކުރިމަތީ އޮއްވާ ދިން ލުއިތަކާމެދު މީހުންގެ ކަންބޮޑުވުން އެބަ ހުއްޓެވެ. އަނެއް ބަޔަކު އުފަލުން ފޮޅުނަަސް ދެން ނަގާފާނެ ރާޅަކަށް މީހުން ކަންބޮޑުވުން އެބަ ހުއްޓެވެ.
ކޮވިޑުން ރައްްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުޔާއެކު މީހުން އުފަލުން ނަށަނީ އެވެ. ރަަށަށް ދާން ފޮށިތަންމަތި ހަދައިގެން މިއަދު އެއްބަޔަކު ފުރައިފި އެވެ. ރަށު ބަންދުވެފައި ތިބޭތާ ދެ އަހަރުވެގެންދިޔައިރު އެތައް ޗުއްޓީއެއް ހުސްވެގެން ގޮސްފި އެވެ. ކަރަންޓީނުވާން ޖެހޭތީ ނުދެވިފައި ތިބި އެތައް ބަޔަކަށް ބޮޑު އީދާއެކު އެމީހުނަށް އީދެއް އައީ އެހެންވެގެންނެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވާލާ މިހާރު ދީފައިވާ ލުއިތައް:
• ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން
ނުކުތުން ނާކުރުމަށް އެންގި އެންގުން ބާޠިލުކުރުން.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ސިނަމާތައް ހުޅުވައިލުން.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ
ޚިދުމަތްދޭ އެންމެހައި ތަންތަނުން، ރޭގަނޑު 11:30 އާ ހަމައަށް ޚިދުމަތް ދިނުމަށް ހުޅުވައިލުން.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، 30 (ތިރީސް) މީހުންނަށްވުރެ އިތުރުނުވާނެގޮތަށް އިވެންޓްތަކާއި އެއްވުންތައް ކުރިޔަށް ގެންދިޔުމަށް ހުޅުވައިލުން.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހުޅުވައިލުން. މީގެ ތެރޭގައި ކުޅިވަރު މުބާރާތްތަކެއް ނުހިމެނެއެވެ.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށްހުޅުވައިލުން.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޓިއުޝަން ކުލާސްތަކާއި ޤުރުއާން ކުލާސްތައް ހިންގުމަށް ހުޅުވައިލުން. އެހެންނަމަވެސް، އެފަދަ ތަންތަނަށް ހުއްދަ ދޭންވާނީ، އެ ތަންތަނުގައި ކިޔަވައިދޭ ޓީޗަރުން ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާނަމައެވެ.
• ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޑޭކެއަރ ސެންޓަރުތައް ހިންގުމަށް ހުޅުވައިލުން.
އެހެންނަމަވެސް އެފަދަ ތަންތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ވާންޖެހޭނެއެވެ.
• މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅާ ގޮތެއްގެ މަތިން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން
ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ރީޓެއިލް ސަރވިސްތައް ހުޅުވައިލުން
މީގެ އިތުރުން ވެކްސިން ޖަހަން ނުޖެހޭ އުމުރުގެ ކުދިނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތައް ހަމަ ޖައްސާފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތަކަށް ލަންކާވެސް މިހާރު އޮތީ ހުޅުވާލާފައި އެވެ.
" ހުރިހާ ދުވަަހަކު އެންމެން ބަންދުކޮށްގެން ނުތިބޭނެ. އެކަމު ލުއި ދިންއިރު މާ ބޮޑަށް ދިނީ. އަދި އެއްކޮން އަރައެއް ނުގަނެވޭ މި ކަމުން. މި ތަނުގައި ނެތް އެވަރުގެ ސިއްހީ ފަރުވާ ދެވޭނެ ގޮތެއް. މާލޭގައި ތިބި ގިނަ ބަޔަކު ކުޑަކުދިންނާއެކު އައިސް ތިބީމަ އެބަ އޮތް އަނެއްކާ ވެސް ބަލި ފެތުރުމުގެ ފުރުސަތު. ކަރަންޓީނާ ނުލާ އައިސް ތިބޭ ވަކި މުއްދަތެއް އޮންނަ ނަމަ ރަނގަޅު،" އައްޑޫ ސިޓީގައި ހުރި އަންހެނަކު ބުންޏެވެ.
މި ލުއިތަކާމެދު ހިތްހަމަ ޖެހޭ މީހުން ބުނާ އެއްް ވާހަކައަކީ އަބަދު ބަންދުގައި ބޭތިއްބުމަކީ ހައްލެއްް ނޫން ކަމަށެވެ. އަދި އެގޮތައް ތިބެން ވެއްޖެ ނަމަ ނަފްސާނީ އިތުރު ބަލިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މި ލުއިތަކާމެދު ހިތްހަމަ ޖެހޭ ފަރާތުން ބުނެ އެވެ.
އާއިލާ މީހުންގެ ކައިރިއަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށް ކަރަންޓީނުވާން ނުޖެހި ދެވޭ ގޮތް ވުމަކީ ވެސް އެމީހުންގެ ބޮޑު ހިތްހަމަޖެހުމެވެ. ހާއްސަކޮށް ސަރުކާރުގެ ބަންދު ދުވަސްތަކާއި ސްކޫލް ބަންދު ދުވަސްތަކެއް ބޯމަތީގައި އޮއްވާ މިފަދަ ލުއިތަކެއް ދިނުމަކީ އެމީހުނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. އަދި ބައެއް މީހުން ވަނީ އަލަށް ދިން ލުއިތައް ދެ ޑޯޒް ޖަހައިގެން ކަރަންޓީނުގައި ތިބި މީހުނަށް ދިނުމަށް ވެސް ގޮވަމުންނެވެ.
ބައެއް މީހުން ތިބީ އެޗްޕީއޭއިން ދޭ މި ފަދަ ލުއިތަކަށް އިތުބާރު ކުރަންވީ ކިހާ ވަރަކަށް ކަމެއް ނޭނގިފައި އެވެ. އެމީހުންގެ ކަންބޮޑުވުމަކީ ރާއްޖެއިން ބޭރަށް ގޮސް ނާދަވެ އުޅެނިކޮށް މިހާރު ދިން ލުއިތައް ހަރުކަށިކޮށްފާނެ ތީ އެވެ.
"ބޭނުން ރާއްޖެއިން ބޭރަށް ޖައްސާލަން. އެކަމުގޮސްފައި މިކޮޅަށް ނާދެވި އުޅެނިކޮށް އަނެއްކާ ކަނޑައަޅާފާނެ އައިސްފައި ކަރަންޓީނު ވާން ޖެހޭނީ 14 ދުވަހަށޭ، އޭރުން މާދެރަ އެއްނު،" ދިން ލުއިތަކާއެކު ލަންކާއަށް ދާން ބޭނުންވި މީހަކު ބުންޏެވެ.
ކަންބޮޑުވުންތައް ހުރި ބައެއް މީހުން ބުނާ ގޮތުން ދިން ލުއިތަކާއެެކު ވެސް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ އެހެނިހެން ފިޔަވަޅުތައް އަޅާތޯ ރަށްރަށުގައި އެވަރަށް މޮނިޓަރ ނުކުރެ އެވެ. އޭގެ އިތުރުން ވެކްސިން ދެ ޑޯޒް ޖެހުމުގެ ކަންކަން ރަށްރަށުގައި އަދިވެސް ކުޑަ އެވެ. އެހެން ކަމުން އެކަންކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށް ގިނަ މީހުން ދެކެ އެވެ.
މިއީ ދިން ލުއިތަކެއް ނަމަވެސް ފަރުދީ ޒިންމާ އަދާކޮށް ސާފުތާހިރުކަމަށް ލޯބިކުރާ ނަމަ އިތުރަށް ހާލަތު ގޯސް ނުވެ ހިފެހެއްްޓިދާނެ ކަމަށް ސިއްްހީ މާހިރުން ދެކެ އެވެ. އެކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެހެންވެ އެ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުމުންވެެ.