Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ހެއިޓީގެ ރައީސް އަވާހަރަކޮށްލީ އެމެރިކާ އާއި ކޮލަމްބިއާގެ ބައެއް: ފުލުހުން

Suspects in the assassination of Haiti's President Jovenel Moise are shown to the media, along with the weapons and equipment they allegedly used in the attack, at the General Direction of the police in Port-au-Prince, Haiti, Thursday, July 8, 2021. Moise was assassinated in an attack on his private residence early Wednesday. (AP Photo / Joseph Odelyn)

ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލީ ކޮލަމްބިއާގެ އަދި އެމެރިކާއަށް ނިސްބަތްވާ 28 މީހެއް ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވީ ކުރީގެ އެމެރިކާ ސިފައިންގެ ތެރޭގައި އުޅުނު 2 މީހަކާއި 36 ކޮލަމްބިއާއަށް ނިސްބަތްވާ މީހުންކަމަށް ހެއިޓީގެ ފުލުހުން ވަނީ ބުނެފައެވެ.

އުމުރުން 53 އަހަރުގެ މޮއިސް އޭނާގެ ގެ ކޮޅުގައި ހުންނަވަނިކޮށް އަވަހާރަ ކޮށްލާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މޮއިސްގެ ހަށިކޮޅަށް 12 ވަޒަން އަރާފައިވާ ކަމަށާއި ފެނުނު އިރު ލޯ ވެސް އޮތީ ބޭރަށް ނިކުމެފައި ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. ރަހުމު ކުޑަ ގޮތަކަށް މޮއިސް އަވަހާރަ ކޮށްލި ހާދިސާގައި އޭނާގެ އަނބިކަނބަލުންނަށް ވެސް ހަމަލާދީފައެވެ. އެ ކަމަނާއަށް މި ވަގުތު ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދެމުންނެވެ.

ހެއިޓީގެ ފުލުހުން ވަނީ މި ހަމަލާ ދިން ކަމަށް ބެލެވޭ 4 މީހަކު މަރާލާފައެވެ. އަދި ޝައްކު ކުރެވޭ 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ 6 މީހުން އާންމުންނަށް ވަނީ ދައްކާލާފައެވެ. އެ ވަގުތު އެމީހުންގެ ގައިގައި ޒަޚަމްތަކާއި ލޭ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެއިޓީގެ ފުލުހުން ބުނެފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި ހިމެނޭ މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ އަތުލައިގެންފައެވެ. އަދި ބައެއް މީހުން ވަނީ ޓައިވާނަށް އެތެރެވެފައިވަނިކޮށް އެ ގައުމުގެ ފުލުހުންގެ އެހީތެރިކަމާއެކު އަތުލައިގެންފައެވެ.

މޮއިސްގެ މަރާއެކު މުޅި ގައުމު ވަނީ ހަލަބޮލި ވެފައެވެ. އާންމުން ވެސް ދަނީ ފުލުހުންނާއި ގުޅިގެން ޝައްކު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރޭގައި ޝައްކު ކުރެވޭ ކަމަށް ބެލެވޭ 3 މީހެއްގެ ކާރުގައި އާންމުން ވަނީ ރޯކޮށްލާފައެވެ.

ހެއިޓީއަކީ ދެކުނު އެމެރިކާ ބައްރުގައިވާ އެންމެ ފަގީރު ގައުމެެވެ. އެގައުމުގެ ރައީސް އަވަހާރަކޮށްލާފައިމިވަނީ އިންތިހާބަކާ ނުލައި ވެރިކަމުގައި ހުންނަވާތާ ދެ އަހަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އެގައުމުގައި ރިޔާސީ އިންތިހާބު ބާއްވަން ވެސް ތައްޔާރުވަމުންދަނިކޮށެވެ.