Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އިޒްރޭލުން ފަލަސްތީނު މީހުންނަށް ހަމަލާދީ 379 މީހުން ޒަޚަމްކޮށްލައިފި

A Palestinian demonstrator uses a slingshot during a protest against Israeli settlements, in Beita, in the Israeli-occupied West Bank July 9, 2021. REUTERS/Mohamad Torokman

އިޒްރޭލުން ފަލަސްތީނު މީހުންނަށް ހަމަލާދީ 379 މީހުން ޒަޚަމްކޮށްލައިފިއެވެ.

މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މި ހަމަލާ އަމާޒު ކޮށްފައިވަނީ އިޒްރޭލްގެ ސިފައިން ޤާނޫނާއި ޚިލާފަށް ވެސްޓް ބޭންކް ސަރަހައްދުގައި އައުޓް ޕޯސްޓެއް ޖަހައިގެން ތިބުމުން އެކަމާއި ނުރުހުން ފާޅުކޮށް މުޒާހަރާ ކުރި މީހުންނަށެވެ.

ފަލަސްތީނުގެ މުޒާހަރާކުރަން ތިބި މީހުންގެ ތެރެއަށް ޑްރޯން ފޮނުވާ ކަރުނަ ގޭސް ގިނަ އަދަދަކަށް އެޅުމަށްފަހު ސަރަހައްދު ދުންގަނޑަކަށް ހަދާލާފައި ބާއްވާފަ އިޒްރޭލް ސިފައިންވަނީ އަސްލު ވަޒަނާއި، ރަބަރު ވަޒަން އެމީހުންނަށް އަމާޒުކޮށް ޖަހާފައެވެ. އެވަޒަންތައް އަރާ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އެއްވެފައިތިބި ފަލަސްތީނުގެ ރައްޔިތުން ވަނީ ޓަޔަރުތައް އަންދާ އިޒްރޭލް ސިފައިންނާއި ދިމާލަށް ގާ އުކާފައެވެ.

އިޒްރޭލް އަދި ފަލަސްތީނުން އަންދާޒާ ކުރަނީ ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި ޤާނޫނާއި ޚިލާފަށް އިޒްރޭލްގެ 650،000 މީހުން އުޅޭ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުގައި އިޒްރޭލް މީހުން ތިބުމަށް ނަގާފައިވާ ސަރަހައްދު ތަކަކީ ޤާނޫނާއި ޚިލާފަށް އެމީހުން ނަގާފައިވާ ސަރަހައްދު ތަކެެކެވެ.