އިންޑިއާގައި މުސްލިމް އަންހެނުންތަކެއް އޮންލައިންކޮށް ނީލަމަށް ލައިފިއެވެ.
ޖުލައި 4 ވަނަ ދުވަހު އަފްރީން ފާތިމާ މުސްލިމުން ތަމްސީލް ކުރަން އޮންލައިން ފޯރަމެއްގައި ބައިވެރިވުމަށްފަހު ނިންމާލި ތަނާހެން އޭނާގެ ފޯނަށް ވަރަށް ގިނަ މެސެޖްތަކާއި ކޯލްތައް އައި ކަމަށް ފާތިމާ ބުންޏެވެ. 23 އަހަރުގެ ފާތިމާ ވަނީ ފޭކްއޮންލައިން ސައިޓެއްގައި އޭނާގެ ފޮޓޯއާއެކު ނީލަމަށް ލާފައެވެ. އޭނާ އެކަންޏެއް ނޫނެވެ. އެ ސައިޓްގައި އިއްޒަތްދާރު ދިރިއުޅުން އުޅެމުން އަންނަ އެތައް މުސްލިމް އަންހެން ކުދިންނެއްގެ ފޮޓޯއާއެކު ނީލަމަށްލާ އެކުދިންގެ އަބުރު ކަތިލުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެކްޓިވިސްޓުންނާއި ޖާނަލިސްޓުން ފަދަ މަޤާމްތަކުގައި ތިބި 80 ވަރަކަށް މުސްލިމް އަންހެން ކުދިން އޭގެ ތެރޭގައި ހިމެނެއެވެ.
އެ ސައިޓްގައި އަންހެނުންނަށް އަމާޒުކޮށް ހިންދޫބަހުން "ސުއްލީ"(ޑީލް އޮފް ދަ ޑޭ) ޖަހާފައިވެއެވެ. އެ ރޭ އެއްގޮތަކަށް މީހުންގެ އުނދަގުލާއި ހެދި ނުނިދުނު ކަމަށާއި ޓްވީޓާއިން ލޮގްއައުޓްވެގެން ހުރީ ކަމަށް ފާތިމާ ބުނެފައިވެއެވެ.
އިންޑިއާގެ އެކި އަވަށްތަކުގައި މުސްލިމް އަންހެނުން ވަގަށް ނަގާ މެރުމަށާއި އިއްފަތްތެރިކަން ފޭރުމަށް ބައެއް ހިންދޫ ނުފޫޒުގަދަ ފަރާތްތަކުން ފާޅުގައި ގޮވަމުންދާ ކަމަށް ވެސް ފާތިމާ ވަނީ ބުނެފައެވެ.
ގިޓްހަބް ކިޔާ ޕްލެޓްފޯމެއްގައި ހިންގި މި ނޭއްގާނީ އަމަލު ޕޮލިހަށް ހުށަހަޅާ އެކި ޖަމިއްޔާތަކުގެ އެހީއާއެކު ކުރެވުނު މަސައްކަތްތަކުން އެ އަންހެނުންގެ ޕްރޮފައިލްތައް މިހާރުވަނީ ފޮހެލާފައި ކަމަށާއި އެހެން ނަމަވެސް އޭގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ އުނދަގޫތައް ވަރަށް ގިނަވެފައިވާ ކަމަށް ފާތިމާ ވަނީ ބުނެފައެވެ.
ޒަމާނުއްސުރެ އިންޑިއާގައި ހިންދޫގެ އުނދަގޫ އެ ގައުމުގައި ދިރިއުޅޭ މުސްލިމުންނަށް އެކި ސިފަސިފައިގާ ދަނީ ފޯރަމުންނެވެ.