Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ބޯހިޔާވަހިކަން

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްބަސްވުމުގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.

އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ތަރުތީބު އާއްމުކޮށް ވަނީ އިއުލާންކޮށްފައި އެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު ސޮއިކުރަން ހަމަ ޖެހިފައިވަނީ ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 119 މީހަކާއެކު އެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައި އެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއި އެޗްޑީސީން ސޮއިކުރުން ކުރިއަށް ގެންދާނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމާއި ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުމާއި ބހެޭ ފޯމް ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކާ އެކު ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެެވެ.

ސޮއި ކުރުމުގެކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓްގައިވާ ގޮތަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެ އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައި އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
1. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައި.ޑީ.ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
2. ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވަރ އޮފް އެޓަރނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން
3. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކްޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް
4. ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުޞަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި އަދި ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަދި ތާވަލު އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ.

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓްތައް ބަލާލުމުގެ ޖޫން 26 އިން ފެށިގެން ޖުލައި 4 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ.