Last Updated: November 23, 13:39
Saturday, November 23, 2024
ޚަބަރު

ހިޔާ ފްލެޓަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީ އާއި އަޅާބަލާއިރު ކުލި ބޮޑު: އާޒިމް

ހިޔާ ފްލެޓް ތަކަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީއަކީ 5000ރ. ދެންކިހިނެތްތޯ 8500ރ ކުލީގެ ގޮތުގައި ދައްކާނީ ކިހިނެތްތޯއާއި އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިކަމަށް ހައްލެއް ނުހޯދިއްޖެނަމަ ގަވާއިދުން ކުލި ދައްކާ ފަރާތްތައް މަދުވާނެ ކަމަށެވެ.

"ހިޔާ ފްލެޓްތަކަކީ ސޯޝަލް ހައުސިންނަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ފްލެޓްތަކެއް. އެތަނަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީއަކީ 5000ރ. ދެންކިހިނެތްތޯ 8500ރ ކުލީގެ ގޮތުގައި ދައްކާނީ. މިކަމަށް ޙައްލެއް ހޯދެންޖެހޭ. ނޫންނަމަ ގަވާއިދުން ކުލިދައްކާ ފަރާތްތައް މަދުވާނެ." އާޒިމް ވިދާޅުވިއެވެ.

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކުރަން ފަށާފައެވެ.

އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ތަރުތީބު އާއްމުކޮށް ވަނީ އިއުލާންކޮށްފައި އެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު ސޮއިކުރަން ހަމަ ޖެހިފައިވަނީ ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 119 މީހަކާއެކު އެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައި އެވެ.

ފްލެޓްގެ އެއްބަސްވުމުގައި ސޮއި އެޗްޑީސީން ސޮއިކުރުން ކުރިއަށް ގެންދާނީ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމާއި ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުމާއި ބހެޭ ފޯމް ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކާ އެކު ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެެވެ.

ހިޔާ މަޝްރުއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ 6720 ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓްތައް ބަލާލުމުގެ ޖޫން 26 އިން ފެށިގެން ޖުލައި 4 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި އެވެ.