ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 2 މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފިއެވެ.
މިގޮތުން ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެއްވީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލްއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް މ.ބާންސާގެ، މުޙައްމަދު ޝިހާބު ވަނީ އައްޔަން ކުރައްވާފައެވެ.
މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް އަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާއިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްއެވެ. އަދި ޙުސައިން އިސްމާޢިލް އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަންއެވެ. މީގެ އިތުރުން ހުސައިން އިސްމާޢީލް ވަނީ ސަރުކާރުގެ އިސް މަޤާމުތައްވެސް މީގެ ކުރިން ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ޙުސައިން އިސްމާޢީލް ވަނީ އަދާކުރައްވާފައެވެ.
މުޙައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެބޭފުޅާ ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން ވެސް މުޙައްމަދު ޝީހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.