Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

ދެންވެސް ގައުމު ސަލާމަތް ކުރެވޭނީ ޔާމީނަށް: ޣައްސާން

ދެންވެސް ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިވަނީ މިވަގުތު ގައުމު އޮތް ހާލަތަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"ދެން ވެސް ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް. #ރައީސް ޔާމީން 2023 އިންޝާ ﷲ" ޣައްސާން ވިދާޅުވިއެވެ.

އިތުރު ޓްވީޓެއްގައި ޣައްސާން ވިދާޅުވެފައިވަނީ ގްރޭޓާ މާލެ އަދި މުޅި ރާއްޖޭގެ ތަރައްޤީ އަށް ރައީސް ޔާމީން ރާއްވަވާފައި ހުރީ ވަށާޖެހޭ ރައްޔިތުންނަށް ފައިދާ ކުރާ މަޝްރޫއުތައް ކަމަށެވެ. އަދި އެ މަޝްރޫއު ތަކުން ދައުލަތުގެ ރައުސުލްމާލު އިތުރުވެ ދިވެހި ގައުމު ފުރިހަމަ މިނިވަންކަމާއިއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ އަމާޒު ހިފޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެސް ޣައްސާން ވަނީ 2023 ގަ ވެރިކަމަށް ﷲގެ އިރާދަފުޅުން ރައްޔިތުންގެ ލޯތްބާއިއެކު ޔާމީން އިންތިޚާބު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޣައްސާން ވެފައިވަނީ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިންގެ ތެރެއިން ބައްޕާފުޅާއި ދެކޮޅަށް އެންމެ ގަދަޔަށް ޔާމީން މަސައްކަތް ކުރެއްވި އިރުވެސް އެ މަނިކުފާނާއެކު މަސައްކަތް ކުރެއްވި ދަރިއެއްގެ ގޮތުގައެވެ.

ޣައްސާން ޔާމީނާއެކު މަސައްކަތްކޮށް އެ މަނިކުފާނަށް ސަޕޯޓް ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް އޭނާއަށް ވަނީ އަމާޒު ވެފައެވެ.