ކެރޮޓަކީ ލޮލާއި އިސްތަށިގަނޑު އަދި ހަމަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިއީ ވިޓަމިނާއި އޭ ކެރޮޓީން ލިބޭ އެންމެ ރަނގަޅު ވަސީލަތެވެ.
ރޭގަނޑު ލޮލުގެ ފެނުން ރަނގަޅުވުމުގެ އިތުރުން ކެރޮޓަކީ ވިޓަމިން ސީ އާއި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ ތަރުކާރީއަކަށް ވާތީ ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމުގައި ވެސް ކެރޮޓަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަދި ހިތަށް ވެސް ކެރޮޓުން ލިއްބައިދޭ ފައިދާ ބޮޑެވެ.
ކެރޮޓް ތާޒާކަމާ އެކު ކެއުމުގެ އިތުރަށް ކެރޮޓުން ޖޫސް ގިރައިގެން ވެސް ބުއިމަކީ ހަށިގަނޑަށް ވަރަށް ފައިދާ ކުރާނެ ކަމެކެވެ.