ަެަާައެމްއެންޑީއެފް ސަދަން އޭރިއާ އިން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
ވޮލަންޓިއާ ފަޔާ ފައިޓަރުން ތަމްރީނު ކުރާ މި ޕްރޮގްރާމް މިހާރު ކުރިއަށް ދަނީ ހުޅުމީދޫގަ އެވެ.
ކައުންސިލުން ބުނީ މިފަދަ ފްރޮގްރާމެއް އައްޑޫގައި ކުރިއަށް ގެންދަނީ އައްޑުއަކީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސަރަޙައްދަށްވެފައި މި ސިޓީގައި އަލިފާނާ ގުޅިގެން ހިގާ އެކިއެކި ހާދިސާތަކުގެ ރިކޯޑަށް ބަލާއިރު އެއް ދުވަހުން އަނެއް ދުވަހަށް މިފަދަ ހާދިޘާތައް ގިނަވެ އޭގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ ކަމަށެވެ.
އަދި މިފަދަ ކޮންމެ ހާދިސާއެއް ކޮންޓްރޯލް ކުރުމުގައި ގުދުރަތީ ގޮތުން ރަށްތައް އުފެދިފައިވާ ގޮތުން ބަލާއިރު އެފަދަ ހާދިިސާތަކުން ރައްޔިތުން ސަލާމަށް ކުރުމަށްޓަކައި އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި ލިބިފައިވާ އިންސާނީ އަދި އެހެނިހެން ވަސީލަތްތަށް މަދުވުމަކީ މިކަމަށް ދިމާވެފައިވާ ވަރަށްބޮޑު ގޮންޖެހުމަކަށް ވާތީ ފަޔާ ފައިޓަރުން ތަމްރީނު ކުރަނީ ކަމަށެވެ.
އެހެންވެ މިކަމަށް އިތުރު ހައްލެއް ގެނައުމުގެ ގޮތުން އައްޑޫ ސިޓީ ކައުންްސިލާއި އެމްއެންޑީއެފް ސަދަން އޭރިޔާ އާ މަޝްވަރާކޮށް، މިސީޓިގެ ހުޅުމީދޫގައި ވޮލަންޓިޔަ ފަޔާރ ފައިޓަރުން ތަމްރީނު ކުރަން ނިންމީ މަ ކަމަށް ކައުންސިލުން ބުންޏެވެ.
މިތަމްރީނު ޕްރޮގްރާމްގައި 15 އާއި 30 ދެމެދުގެ އަދަދެއްގެ މީހުން ތަމްރީނު ކުރުމަށް ވަނީ ނިންމާފަ އެވެ.