ކޮވިޑް-19ގެ ސަބަބުން އިންޑޮނޭޝިއާގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު އެއް ހަފްތާގެ މުއްދަތަށް ދަންމާލައިފިއެވެ.
އެ ގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ކުރިޔަށް އޮތްތަނުގައި އައިސީޔޫގައި ތިބި ހާލުދެރަ އެތައް ބަޔަކު މަރާއި ކުރިމަތިލާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
އިންޑޮނޭޝިއާގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކަމަށްވާ ބާލީ އަދި ޖާވާގައި ކޮވިޑްޖެހިފައިވާ މީހުން ގިނަވެ ހޮސްޕިޓަލްތައް ވަނީ ތޮއްޖެހިފައެވެ. މި ވަގުތު އިންޑޮނޭޝިއާ ވެފައިވަނީ އޭޝިއާގެ ކޮވިޑްގެ ހާލަތު އެންމެ ދަށުގައިވާ ގައުމަށެވެ. ހޮސްޕިޓަލްތަކުން ވަނީ އޮކްސިޖަން ހުސްވުމުގެ ބިރު ހީވެފައެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ވަނީ ހޮޓެލް ރެސްޓޯރެންޓް އަދި މާރުކޭޓް ފަދަ ތަންތަން ބައެއް ފިޔަވަޅު ތަކާއިއެކު ހުޅުވަން ހުއްދަ ދީފައެވެ. އަދި ކަނޑައަޅާފައިވާ ގަވާއިދުތަކަށް ރައްޔިތުން ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ 4 ވަނައަށް އެންމެ ގިނަ އާބާދީއެއް އޮންނަ އިންޑޮނޭޝިއާއިން ވަނީ މިހާތަނަށް 3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައެވެ. އަދި މިބަލީގައި އެގައުމުން ވަނީ 83000 މީހުން މަރުވެފައެވެ. ޑެލްޓާ ވޭރިއަންޓް އެ ގައުމުގައި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.
ޖުލައި 16 ވަނަ ދުވަހުން ފެށިގެން އެ ގައުމުގައި ކޮންމެ ދުވަހަކު ވެސް 1000 އަށްވުރެ ގިނަ މީހުން ދަނީ މަރުވަމުންނެވެ. އިންޑޮނޭޝިއާގެ 270 މިލިއަން މީހުންގެ އާބާދީން މިހާތަނަށް ވެކްސިން ޖަހާފައިވަނީ އެންމެ 7 އިންސައްތަ މީހުންނަށެވެ.