ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު މިހާރު ސައުތު ޕޮލިސް ޑިވިޜަނަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ހުޅުމީދު އަށް ޒިޔާރަތް ކުރައްވައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މިއަދު ހުޅުމީދު އަށް ކުރެއްވި މި ޒިޔާރަތުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި ފުލުހުންގެ މަސައްކަތްތައް ބައްލަވާލައްވައި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި ބެހޭ ގޮތުން މަޢުލޫމާތު ހޯއްދެވި އެވެ. މީގެ އިތުރުން ވެސް ސީޕީ ވަނީ ހުޅުމީދޫގައި އިމާރާތް ކުރަމުންދާ ފުލުހުން އައު މަރުކަޒުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވާފަ އެވެ.
ހުޅުމީދު އަށް ކުރެއްވި މި ޒިޔާރަތުގައި ސީޕީ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ޙުސައިން ޝަމީމްއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަސު ޞާދިޤް އާއި ޑިވިޜަނަލް އޮޕަރޭޝަންސް ކޮމާންޑްގް ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝިފާން އާއި ސްޕްޝަލިސްޓްސް އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް އިސްހާޤް އާދަމް ފުޅުގެ އިތުރުން އައްޑު އަތޮޅު ކޮމާންޑަރު މުޙައްމަދު ޙުސައިންއާއި ފޮރެންސިކް ސަރވިސަސް ޑައިރެކްޓްރޭޓްގެ ފަރާތުން މި ދަތުރުގައި ބައިވެރިވެލައްވާ ސަބް އިންސްޕެކްޓަރު އަމީން ޢަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.