Last Updated: November 22, 20:18
Friday, November 22, 2024
ޚަބަރު

ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިން ރާއްޖެއަށް ލިބިއްޖެ

Empty vials of Oxford/AstraZeneca's COVID-19 vaccine are pictured amid a vaccination campaign in Bierset, Belgium March 17, 2021. REUTERS/Yves Herman

ސިންގަޕޫރުގެ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް މިދިޔަ ހަފުތާގައި ރާއްޖެ އަށް ލިބިއްޖެ އެވެ.

މި ފަހަރު މި ވެކްސިން ސިޕްމަންޓް ރާއްޖެއަށް ލިބިފައި މިވަނީ ތަފާތު ސަބަބު ތަކާއިހެދި ލިބުން ލަސްވުމަށްފަހުއެވެ. އެހެން ނަމަވެސް ލިބިފައިވަނީ ކިތައް ޑޯޒްކަމެއް ސަރުކާރުން ހާމަކޮށްފައެއް އަދި ނުވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެ ކުންފުންޏާއެކު ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށް ނޫސްވެރިންގެ ބައްދަލުުވުމެއްގައި ވިދާޅުވެފައެވެ.

އެސްޓްރާޒެނެކާއަށް ވުރެ ކުރިން ރާއްޖެއަށް ލިބުނީ ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒްގެ ޝިޕްމެންޓެކެވެ. އެ ވެކްސިން ހަދިޔާކޮށްފައިވަނީ ހެޔޮއެދޭ ފަރާތަކުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖެ އަށް ވެކްސިން ގެނައުމަށްޓަކައި ސަރުކާރުން އެންމެ ފުރަތަމަ އެެއްބަސްވުމެއްގައި ސޮއިކުރީ އެސްޓްރާޒެނެކާއާ އެކު އެވެ. އެ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ ކުރީކޮޅު އެވެ. މި އެއްބަސްވުމުގެ ދަށުން 700،000 ޑޯޒް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ކޮވިޑް ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ފުރަތަމަ ޑޯޒް 321،350 މީހުން ޖަހާފައި ވާއިރު، އޭގެ ތެރެއިން ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައި ވަނީ 260،991 މީހުންކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.