ދިވެހިބަހުގެ އެކެޑަމީގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު ހަމަވެފައިވާތީ އާ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެމްބަރުން ޢައްޔަން ކުރައްވައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ދިވެހި ބަހުގެ އެކަޑަމީގެ ތިން މެމްބަރުންގެ ދައުރު ހަމަވުމުން އާ ދައުރަކަށް އައްޔަން ކުރެއްވީ ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި ތިންބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.
މިއާއެކު އެންމެ ފަހުން ރައީސަކަށް ހުންނެވި އަޝްރަފްގެ ދައުރު ހަމަވެފައިވާތީ އާ ދައުރުގެ ރައީސަކަށް އެކަޑަމީއަށް އައްޔަން ކުރެއްވި ޑރ.އަޝްރަފު މިހާރު އިންތިހާބުކޮށްފައި އެވެ. އަދި އެކަޑަމީގެ ނައިބު ރައީސަކަށް ޒުލްފާ އިބްރާހީމް ވަނީ އިންތިހާބުކޮށްފައި އެވެ.
އާ ދައުރަކަށް ބޭފުޅުން އައްޔަން ކުރެއްވީ އެކަޑަމީގެ ރައީސަކަށް ހުންނެވި އަޝްރަފް ޢަލީ އާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމްގެ ދައުރު ހަމަވުމުންނެވެ. އެހެން ކަމުން މިހާރު ދެން ދިވެހި ބަހުގެ އެކަޑަމީގައި މިހާރު ތިއްބެވާނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، ޢިޔާޒު ޖާދުﷲ ނަސީމް، މުޙައްމަދު ޝާހިދު ޙަލީމް، ޑރ. އަޝްރަފް ޢަބްދުއްރަޙިމް، އަދި ޒުލްފާ އިބްރާހީމް، އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ