Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު ޝަރުއީ ދާއިރާ

ޔާމީން ރަޝީދު މަރާލި މައްސަލަ: ހުކުމް ކުރުން ޑިސެމްބަރުގައި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޑިސެމްބަރު މަހު ހުކުމް ކުރުމަށް ޝަރިއަތުގެ ތާވަލުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި މިއަދު ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވާއިރު މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސެޕްޓެމްބަރު 16 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަމަށާއި، އަދި އާއިލީ ވާރިސުންގެ ބަސް ނެގުމަށް އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަމަށެވެ.

މީގެއިތުރުން ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވާނެކަމަށާއި، އަދި ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.