ޔޫއެންޑަބްލިއުޓީއޯގެ ޓޫރިޒަމް ވިލެޖުގެ ގޮތުގައި ރާއްޖެއިން ވާދަ ކުރާ ރަށްތައް ހޮވުމަށް ހުޅުވާލި ފުރުސަތުގައި ސ. މީދޫން ހުށަހެޅި ޕްރޮޕޯސަލް އެންމެ ކުރީގައި ހިމެނިއްޖެއެވެ.
އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޓޫރިޒަމް ވިލެޖުގެ ގޮތުގައި މީދޫ ކަނޑައެޅުމަށް ނިންމައި މީދޫން ޕްރޮޕޯސަލް ތައްޔާރު ކުރުމަށް އައްޑޫ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެގޮތަށް ނިންމުމާއި ގުޅިގެން މީދޫ އޮފީހުން ވަނީ މީދޫގެ ޓޫރިޒަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅާފައެވެ.
ޔޫއެންޑަބްލިއުޓީއޯގެ ޓޫރިޒަމް ވިލެޖުގެ ގޮތުގައި މީދޫ ހިމެނިއްޖެނަމަ އައްޑޫގެ ޓޫރިޒަމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް މީދޫ އޮފީހުން ވަނީ ބުނެފައެވެ.