Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ފުވައްމުލައް އަލުން ފުރަބަންދަކަށް!

ކޮވިޑު-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އަނެއްކާވެސް ފުވައްމުލައް ފުރަބަންދުކޮށްފިއެވެ.

ފުވައްމުލައް ފުރަބަންދު ކުރިކަން ހާމަކޮށްފައިވަނީ ރޭ އެރަށު ސިޓީ ކައުންސިލުންނެވެ. ކައުންސިލުން ބުނީ ރަށް އަލުން ފުރަބަންދު ކޮށްފައިވަނީ އެރަށުން އިތުރު ކޮވިޑު ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ.

ނަމަވެސް އިތުރު ތަފްސީލެއް ކައުންސިލުން ހާމަކޮށްފައި ނުވެއެވެެ.

ފުވައްމުލައް ވަނީ މޭއި 6 ވަނަ ދުވަހުން ފެށިގެން މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފުރަ ބަންދުކޮށްފައެވެ.