މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަނޑަށް ހަތް މަހުގައި ދަރިއަކު ވިހޭ ސ. ފޭދޫ 11 އަހަރުގެ އަންހެން ކުއްޖާ 12 އަހަރުގައި އަނެއްކާ ވެސް ބަލިވެ އިންކަމުގެ އަަޑުތަކެއް ފެތުރުމާ ގުޅިގެން އޭނާ ޓެސްޓްކޮށްފިއެވެ.
ފުލުހުން ބުނީ އަންހެން ކުއްޖާ ބަލިވެއިން ކަމަށް ބުނާތީ އޭނާ މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރު މެދުވެރިކޮށް ބެލި އިރު މާބަނޑު ނޫން ކަމަށެވެ.
ނަމަވެސް ރަށުތެރޭގައި ވަނީ އެ އަންހެން ކުއްޖާ، ބިދޭސީއަކަށް ބަލިވެރިން ކަމަށް އަޑުފެތުރިފަ އެވެ.
މި މައްސަލާއި ގުޅިގެން ހިތަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަަރުން ބުނީ އެއަންހެން ކުއްޖާ އާއި ގުޅޭ ގޮތުން ދައްކަނީ ހަގީގަތާއި ހިލާފް ވާހަކައެއްކަމަށެވެ. އަދި ފުލުހުންވެސް ވަނީ މި ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ.
ފޭދޫ ސްކޫލްގެ ގްރޭޑް 6 ގައި ކިޔަވަމުން ދަނިކޮށް، ބަނޑަށް ހަތް މަހުގައި އެ އަންހެން ކުއްޖާ ވިހެއީ ނޮވެމްބަރު 1، 2012 ގައި ފޭދޫ ސިއްހީ މަރުކަޒަށެވެ.
އެހެން ނަމަވެސް ވިހޭ ކުއްޖާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، ޖެހިގެން އައި ދުވަހު ވަނީ މަރުވެފަ އެވެ.
މި މައްސަލާގައި އެ ކުއްޖާގެ ބޮޑު ބޭބެއެއް ކަމަށްވާ ފޭދޫ ކޯޒީ ކޯނާ އާދަމް ސައީދު، 47، އާއި މަރަދޫފޭދޫ ގުލްފާމްގޭ މުހައްމަދު ޖާވިދް، 39، ހައްޔަރުކޮށް މައްސަލައިގެ ޝަރީއަތް ހިންގައި އެ ދެ މީހުންގެ މައްޗަށް ޖަލު ހުކުމެއް ވެސް އިއްވާފައިވެ އެވެ.
މި ދެ މީހުންގެ ތެރެއިން ސައީދުގެ މައްޗަށް އިއްވާފައި ވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޖާވިދުގެ މައްޗަށް އިއްވާފައި ވަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭރު 11 އަހަރުގެ އަންހެންކުއްޖާ ވިހޭ ކުއްޖާގެ ޑީއެންއޭ އާއި ޖާވިދުގެ ޑީއެންއޭ ސާމްޕަލް ވެސް ދިމާވެ އެވެ.