Last Updated: November 22, 23:40
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

ހުޅުދޫން ބިދޭސީއެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހުޅުދޫ ބޮޑު މަގު:

އައްޑޫސިޓީ ހުޅުދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ގެއެއްގައި މަސައްކަތްކުރަމުން އަންނަ ބިދޭސީއެވެ.

އޭނާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވަނީ ކޮވިޑްގެ އަލާމާތްތައް އޭނާގެ ފަރާތުން ފެންނަން ފެށުމުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 85 ކޭސް އުޅޭއިރު، ހިތަދޫގައި 17 ކޭސް، ފޭދޫގައި އެކްޓިވް 14 ކޭސް، މަރަދޫފޭދޫގައި 39 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހުޅުދޫން މިއަދު މި ފެނުނު ކޭސްއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 156 އަށް ވަނި އަރާފައެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 601 މީހުން ރަނގަޅުވެފައިވާއިރު، އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި ތިން މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.