އައްޑޫ ސިޓީ މީދޫއިން ސްކޫލުގައި ކިޔަވަމުންދާ ދެ ދަރިވަރުންނާއި ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޮވިޑް19އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑޫ ސިޓީގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު އެ ސިޓީގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫއިން އިން ގިނަ ދުވަސްތަކަށްފަހު އަލުން ކޭސްއެއް ފެނުނީ ހުޅުދޫގައި އުޅެމުންދިޔަ ބިދޭސީއެއްގެ ގައިންނެވެ. އެއަށްފަހު މީދޫއިން އުމުރުން ދުވަސްވީ މީހަކު މި ބައްޔަށް ޕޮސިޓިވްވި އެވެ. އަދި އިއްޔެ 6.00 ޖެހުމާ ހަމައަށް ލިބުނު ނަތީޖާއިން އެނގުނު ގޮތުގައި ހުޅުމީދޫ މީދޫއިން 4 މީހަކު ވަނީ އަލަށް މި ބައްޔަށް ޕޮސިޓިވެފައި އެވެ. އެއީ ސްކޫލުގައި ކިޔަވަމުންދާ ދެ ދަރިވަރުންނާއި ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކާއި ޑޮކްޓަރަށް ދައްކަން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ.
މުޅި އައްޑޫ ސިޓީގައި އިއްޔެ 6.00 ހަމައަށް 32 މީހުން ވަނީ ކޮވިޑަށް ޕޮސިޓިވްވެފައި އެވެ. މި ވަގުތު އައްޑޫ ސިޓީގައި އެ ބަލި ތަހައްމަލު ކުރަމުންދާ 189 މީހުން ތިބިއިރު އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލްގައި ދަނީ މި ބައްޔަށް ފަރުވާދެމުންނެވެ.