Last Updated: November 15, 23:08
Friday, November 15, 2024
ޚަބަރު

ކޮވިޑް-19އާ ގުޅޭ މަސައްކަތަށް އައްޑޫއިން ވޮލިންޓިއަރުން ހޯދަނީ

ކޮވިޑް-19 އާއި ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އިއުލާންކޮށްފައިވާ ގޮތުގައި މި މަސައްކަތް ކުރުމަށްޓަކައި އައްޑޫ ސިޓީއިން ވޮލިންޓިއަރުން އެ ހޮސްޕިޓަލަށް އެބަ ބޭނުންވެއެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސީވީ އާއެކު އެކަމަށް އެދި ހުށަހެޅުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އޮންލައިންކޮށް ވޮލިންޓިއަރކަމަށް އެދިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން info@aeh.gov.mv އަށް ސިޓީއާއި ސީވީ ފޮނުވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެދޭ ފަރާތްތަކުން 6885046 ނަމްބަރ ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށްވެސް އެ ހޮސްޕިޓަލުގެ އިޢުލާނުގައި ވެއެވެ.

އައްޑޫގައި ކޮވިޑްގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، މިއަދުވެސް އައްޑޫއިން މި ބައްޔަށް 15 މީހުން ޕޮޒިޓިވްވެފައިވާއިރު، 4 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.