Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

ކައުންސިލްގެ ޓީމެއް ހުޅުމީދު އަށް

އައްޑޫ ސިޓީ ކައުންސިލްގެ ޓީމެއް މިއަދު ހުޅުމީދު އަށް ހިނގައްޖެ އެވެ.

ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ ހުޅުމީދު އަށް ދިޔަ ޓީމުގައި ހިމެނެނީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ އިތުރުން، ކައުންސިލް އިދާރާގެ ޓެކްނިކަލް ޓީމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މޭޔަރު ވަޑައިގެންނެވި މައިގަނޑު ސަބަބަކީ، ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ހިންގި ފަޔާ ފައިޓަރުން ތަމްރީނު ކުރަން ހިންގި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

އަދި ކައުންސިލް އިދާރާގެ ޓީމެއް ހުޅުމީދު އަަށް ދިޔައީ 2014 ވަނަ އަހަރު، އެ އިދާރާގެ އޮނިގަނޑަށް ބައެއް ކަހަލަ ބަދަލުތައް ގެންނާތީ، އެ ރަށުގައި ހުރި ރަސްމީ އިދާރާތަކާ އެކު މަޝްވަރާކޮށް، ކަންކަން ހުރި ނެތް ގޮތް ބެލުމަށް ކަމަށް ލުފުތީ ވިދާޅުވި އެވެ.