ބޮއްކުރައަކުން މަސް ބާނަން ގޮސް އުޅެނިކޮށް އުދުހިގެން ގޮސް ބޮއްކުރައިގެ ތޭގައި އިން މީހެއްގެ ކަނާއަތު ފައިގެ ފަލަ މަސްގަނޑުގައި ތޮޅިއަކުން ޖެހި އެ ތޮޅީގެ ތުންގަނޑު ފައިގެ ފަލަ މަސްގަނޑުގެ ތެރެއަށް ވަދެ ބިނދިއްޖެ އެވެ.
މިކަން ދިމާވީ މީދޫ ގުލްއަލާގޭ މަޝްހޫދަށެވެ.
ރޭ މިހާދިސާ ހިގުމާ އެކު މަސް ބާނަން ގޮސް އޮތް ބޮއްކުރާ ރަށަށް އެނބުރި ގޮސް މަޝްހޫދަށް ފަރުވާ ދިނުމަށްޓަކައި ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ.
އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް އެތަނުގެ ޑޮކްޓަރުންގެ މަސައްކަތުން މަޝްހޫދުގެ ފައިގެ ފަލަ މަސްގަނޑުގެ ތެރެއަށް ވަދެފައިވާ ތޮޅީގެ ތުންގަނޑު ވަނީ ނެގޭ ގޮތް ނުވެފަ އެވެ.
އެހެންވެ މަރުކަޒުގެ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން މަޝްހޫދުވަނީ ރޭ 11:30 އެހާކަށްހާ އިރު ހިތަދޫ ރީޖަނލް ހޮސްޕިޓަލަށް ގެން ގޮސް ފަރުވާ ދީފަ އެވެ.