Last Updated: April 21, 09:35
Monday, April 21, 2025
ވިޔަފާރި

ބީއެމްއެލް ގަން ބްރާންޗުގެ މަރާމާތަށް ބަޔަކު ހޯދަނީ

ސ. މަރަދޫފޭދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގަން ބްރާންޗުގެ މަރާމާތުގެ މަސައްކަތްތަކެއް ކޮންޓްރެކްޓް އުސޫލުން ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ބޭންކުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު މައުލޫމާތު ސާފު ކުރުމަށް ފަހު، 16 ވަނަ ދުވަހު ބިޑް ޑޮކިއުމަންޓް ހުށަހަޅަން ޖެހެ އެވެ.

ބޭންކުން ބުނީ މިކަމާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.