މިއަހަރުގެ މަސްވެރިންގެ ދުވަސް ކ.އަތޮޅު ގާފަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީންކުރި އިއުލާންގައި ބުނެފައިވަނީ ކ. ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކޯވިޑް-19 ގެ ސަބަބުން ޚަރަދުކުޑަ ކުރުމުގެ ގޮތުން މާލެ އާއި ކައިރި ސަރަޙައްދެއްގައި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ.
ހެން އަހަރުތަކާ ހިލާފަށް މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްތަކުން ޝައުގުވެރިކަން ފާޅުކުރަން ހުޅުވައެއްނުލަ އެވެ. އެހެންވެ މިއަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ގާފަރު ހަމަޖެއްސީ ގާފަރު ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ސަރުކާރުން ބޭނުން ވެގެނެވެ.
ގާފަރަކީ ގިނަ އަދަދެއްގެ މަސްދޯނިފަހަރު ދުއްވަ އެވެ. އެހެން ނަމަވެސް މިއީ ގާފަރުގައި ފަހުގެ ތާރީހެއްގެ ސަރުކާރުން ރަސްމީ ގޮތެއްގައި ދުވަހެއް ފާހަގަކުރާ ފަހަރެވެ.