ސަރުކާރު އޮފީސްތަކުގެ ބައެއް މުވައްޒަފުން މުސާރައާމެދު ކަންބޮޑުވުން ފާޅުކޮށް ކުރަންފަށާފައިވާ އިހްތިޖާޖުގެ ތެރެއިން ބައެއް އޮފީސްތަކުގެ މަސައްކަތް ހުއްޓާލައިފި އެވެ.
ސިވިލް ސަރވިސް މުވައްޒަފުން އިހްތިޖާޖުފެށީ އިއްޔެ އެވެ. އެގޮތުން އިއްޔެ ގިނަ އޮފީސްތަކުގެ މުވައްޒަފުން ވަޒީފާއަށް ނިކުތީ ކަޅު ހެދުމުގައި އެވެ. އަދި މިއަދު ބައެއް އޮފީސްތަކުގައި މުވައްޒަފުން މަސައްކަތް ހުއްޓާލައި ކައުންޓަރުތަކުން ހިދުމަތް ދިނުންވެސް ވަނީ ހުއްޓާލާފައި އެވެ. '
ދިވެހި ސިވިލް ސަރވިސް އެސޯސިއޭޝަނުން އިސްނަގައިގެން ކުރާ މި އިހްތިޖާޖުގައި މުސާރައާ ގުޅޭ ގޮތުން ގެންދަނީ ބައެއް ކަންކަން ކުރުމަށް ސަރުކާރަށް ޑިމާންޑްކުރަމުންނެވެ.
ޑިމާންޑްކުރަނީ ކޮންކަންތައްތަކަށް؟
– މިނިމަމް ވޭޖް ވީހާވެސް އަވަހަށް ކަނޑައެޅުން.
– ސިޔާސީ މަޤާމުތަކުގައި ތިބޭ މުވައްޒަފުންނަށް އަދި ޖުޑިޝަރީ ލިވިންގ
– ފަދައިން ސިވިލްސަރވަންޓުންނަށްވެސް ލިވިންގ ހަމަޖައްސައިދިނުން.
– ފައިސާގެ މަސައް ތިޖޫރި ބަލަހައްޓާ މުވައްޒަފު ހިމެނޭގޮތަށް) ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު ރިސްކް އެލަވަންސް
ލިބޭ ގޮތް ހަމަޖެއްސުން.
– ހުރިހާ މަޤާމުތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭގޮތަށް ހަމަޖެއްސުން.
– ވަކި ޚާއްޞަ އޮނިގަނޑެއްގައި ނުހިމެނޭ އެސްއެސް 1 އިން އެމް.އެސް1 އާއި ދޭތެރޭ މަޤާމުތަކަށް މުސާރަ ބޮޑުކުރުން.
– ކޮންމެ އަހަރެއްގައިވެސް ބޯނަސް ހަމަޖެއްސުން.
– 28 އަހަރުން 85%އިން މަތީ މާކްސް ލިބޭ މުވައްޒަފުންނަށް މަޤާމުގެ
ކުރިއެރުން ދިނުން.
– މުވައްޒަފުންގެ އިތުރުގަޑީ އެލަވަންސް ލިމިޓް ނުކުރުން.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށްވެސް ކުއްލި މައްސަލަ އެއް ހުށައެޅި ވަނީ ބަހުސް ކުރެވިފައި އެވެ.