ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްްޔޫމްގެ ވެރިކަމުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 35 މިލިއަން ރުފިޔާ ކަޅު ދަބަހެއްގައި އުފުއްލެވި ކަމަށް ވިދާޅުވެ ބޮޑު ތުހްމަތުތަކެެއް ކުރައްވައިފި އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރެހެނދިފްލެޓުން ކަޅު ދަބަސް އުފުލި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ބޭފުޅުން ހިމެނޭ ކަމަށެވެ. އެ ކަޅު ދަބަހުގައި އުފުލީ 35 މިލިއަން ރުފިޔާ ކަމަށާއި އެއީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ދަބަހެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ދެ ގަޑިއިރެއްހާއިރު ގެ މި ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ގެންދެވީ އެމްޑީޕީގެ ބައެއް މީހުންނާ އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅުންހުރި ކަމަށެވެ.
އެހެން ނަމަވެސް ނަން ވިދާޅުވެ ނުވެ ގިނަ އިރުތަކެއް ވަންދެން ވިދާޅުވީ ރެހެނދި ފްލެޓުތަކުން ކަޅު ދަބަސް އުފުލީ އެމްޑީޕީގެ އެންމެ އިސް ފަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އޭރު އޭނާ ހުންނެވިރު ކަޅު ދަބަސް އުފުއްލެވީ ރައީސް ސޯލިހް ކަމަށް ފަހުން ނަން ކަނޑައަޅުއްވާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވާ ގޮތުން އޭރު ރައީސް ސޯލިހް ހުންނަވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުގައި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހް ކަޅު ދަބަހެއް އުފުލި،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާ އޭރު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މައްސަލަގައި ޕީޖީއިން ކަންކުރާ ގޮތާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް އުފުއްލެވި ދަބަހުގައި ގެންދެވި ފައިސާ ބޭނުން ކުރެއްވީ ކޮންކަމަކަށްކަމެއް ސާފު ނުވާ ކަމަށެވެ.