Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ތިނަދޫގައި އެކްސިޑެންޓެއް ހިނގާ ދެ އަންހެނަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި ދެ އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ތިނަދޫގެ ތާރު މަގުގައި ކަމަށްވާއިރު އެކްސިޑެންޓުގައި އަނިޔާވި ދެ އަންހެނުންނަށް މިހާރު އަންނަނީ ތިނަދޫގެ ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ނަމަވެސް މި އެކްސިޑެންޓުގައި އެކަކަށް ވެސް މާބޮޑު އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.