Last Updated: February 11, 22:38
Tuesday, February 11, 2025
ޚަބަރު

ސަމާލުވޭ، މޫސުން ގޯސްވެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.