ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަވާސާގަ ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާއިވެ އެވެ. އދ. ރައީސް ދިވެހިބަހުން ކުރެއްވި ތަގުރީރުގައި ދުނިޔެެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލައަށް ވަނީ އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައި އެވެ. އަދިއެެހެންމެ ޓެރަރިޒަމްގެ މައްސަލަތަކާއި އެހެނިހެން ބޮޑެތި މައްސަލަތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
President @ibusolih arrives in the Maldives after concluding visit to New York https://t.co/jHuXmKcFc2
— The President's Office (@presidencymv) September 28, 2021
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.