Last Updated: November 26, 17:50
Tuesday, November 26, 2024
ޚަބަރު

ސާފުކުރުމުގެ އެންމެ ބޮޑު ޕްރޮގުރާމް ހިންގަނީ މި ސަރުކާރުން: ސައްލެ

ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް--ފޮޓޯ ރައްޔިތުންގެ މަޖިލިސް

ކުނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސާފުކުރުމުގެ ޕްރޮގްރާމަކީ މިހާތަނަށް ސަރުކާރަކުން ހިންގާ އެންމެ ބޮޑު ޕްރޮގްރާމު ކަމަށް ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ރާއްްޖެ އެތެރެކުރުން މަނާކުރުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައްލެ ވިދާޅުވީ ދިވެހިރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމު މިހާތަނަށް ހިންގޭ އެންމެ ބޮޑު ޕްރޮގްރާމު ހިންގަނީ މި ސަރުކާރުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ޓަކައި 742.8 މިލިއަން ރުފިޔާ 2019ގެ ބަޖެޓުން
ޚަރަދުކުރާ ކަމަށެވެ. އަދި ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ބިލިއަނެއްހާ ރުފިޔާއާ ގާތަށް
ސަރުކާރުން އެކަމަށް ހަރަދު ކުރާ ކަމަށެވެ.

" ޚާއްޞަކޮށް މާލޭގެ މެންބަރުންނަށް އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ރަނގަޅަށް
އެނގިވަޑައިގަންނަވާނެ، މިހާރު މާލޭގެ ހުޅަނގު ފަރާތުގައި ތިބެގެން ހަމަނޭވާ ލެވޭނެ. އެކެއް ސެޕްޓެންބަރުން ފެށިގެން އެ
އޮތީ ތިލަފުށީގެ ދުން ބޭރުކުރުން ހުއްޓުވާފައި 25 އަހަރު ފަހުން. 25 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެކަން އެ
ކުރެވުނީ. އެއީ ނޫންތޯ ތަރައްޤީއަކީ، އެއީ ނޫންތޯ ކުރިއެރުމަކީ. މިހާރު އަޅުގަނޑުމެންނަށް ގޭގައި ރޭގަނޑު ޢާއިލާއާ
އެކީ ކާލަން ތިބެވޭނެ ކުޑަދޮރު ހުޅުވާލައިގެން. މިއިން ޒަމާނަކު ނުވެ އޮތް ކަމެއް. އެއްވެސް ސަރުކާރަކަށް ނުވި ކަމެއް،" ސައްލެ ވިދާޅުވި އެވެ.

އޭގެ އިތުރަށް ސައްލެ ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ނިޒާމެއް މާލެއާއި މާލެ ކައިރީގެ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ވަރަށް އަވަހަށް މި ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަމަށް ޓަކައި ކުރަންޖެހޭ ފަންނީ މަސައްކަތްތައް އެ އޮތީ ކުރެވިފަ.އޮތީ ކޮށް ނިމިފައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ އެއަށް ބޭނުންވާ ބަޖެޓު ދިވެހި ސަރުކާރުންނާއި އަދި ބޭރުގެ އެހީތެރިކަމާ އެކީގައި ދަނީ އެކިއެކި ފަރާތްތަކަށް ހޯދޭނެ މަގުތައް ތަނަވަސްވަމުން ކަމަށްވެސް ވިދާޅުވި އެވެ.