Last Updated: November 27, 13:36
Wednesday, November 27, 2024
މުނިފޫހިފިލުވުން

"ދަބަންގް" ގެ ޕްރިކްއެލްއެއް ހަދަނި

"ދަބަންގް 2" ގެ މަންޒަރެއްގައި ސަލްމާން: މި ފިލްމުގެ ޕްރިކްއެލްއެއް ހެދުުމުގެ ވިސްނުން ގެންގުޅޭ

ސަލްމާން ހާން ޗުލްބުލް ޕާންޑޭގެ ކެރެކްޓާ އިން ފެނިގެންދާ ކާމިޔާބް ފްރެންޗައިޒް "ދަބަންގް" ގެ ޕްރިކްއެލްއެއް ހަދާ ގޮތަށް ނިންމައިފި އެވެ.

މީގެ ކުރިން ސަލްމާން ވެސް ވަނީ ޗުލްބުލްގެ ކެރެކްޓާ އުފެދިގެން އަންނަ ގޮތް ދައްކުވައިދޭން ޕްރިކްއެލްއެއް ހެދުމަކީ ބެލުންތެރިން ވެސް ވަރަށް ބޮޑަށް ޝައުގުވެރި ވާނެ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެކަމާ ސީރިއަސްކޮށް ވިސްނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ދަބަންގް" ގެ ޕްރިކްއެލްެ ހަދަން ވާން ޖެހޭ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ސްކްރިޕްޓް މިހާރު އޮތީ އެންމެ ފުރަތަމަ މަރުހަލާގަ އެވެ.

މިކަމާ ބެހޭ 2010 ވަނަ އަހަރު ރިލީޒްވި "ދަބަންގް" ޕްރޮޑިއުސްކޮށް، 2012 ގައި ނިކުތް "ދަބަންގް 2" ޕްރޮޑިއުސް ކުރުމުގެ އިތުރަށް ޑައިރެކްޓް ކުރި އަރްބާޒް ހާނާ ސުވާލް ކުރުމުން ބުނީ "ޕްރިކްއެލް އާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް" ކަމަށެވެ.

އެހެންވެ މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް ދޭން މިހާރު "ޑޮލީ ކީ ޑޯލީ" ގެ ނަމުގައި ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަ އަރްބާޒް ވަނީ އިންކާރުކޮށްފަ އެވެ.

ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބަތަލާ ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފްވި އަދި އަބިނާވް ކެޝަޕް ޑައިރެކްޓް ކުރި "ދަބަންގް" ގެ ޕްރިކްއެލްއެއް ހަދާ އިރު، އެ ފިލްމުން ސޮނާކްޝީ ފެންނާނެތޯ ނުވަތަ ނޫންތޯ ވެސް އަދި އޮތީ ސުވާލްމާކެއްގެ ތެރޭގަ އެވެ.