Last Updated: February 11, 21:14
Tuesday, February 11, 2025
ޚަބަރު

މޫސުން ގޯސް، 50 މޭލަށް ވައިގަދަވާނެ!

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނީ އެލާޓު ނެރެފައި ވަނީ ހއ. އަތޮޅުން ތ. އަތޮޅާ ދެމެދަށް މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 12:30 އާ ހަމައަށް ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ވައިގަދަ، އަދި ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.