އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް 487 މައްސަލައެއް ހުށަހަޅައިފިއެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ބުނީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021 އާ ދެމެދު ހުށައެޅި 400އަށްވުރެ ގިނަ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ކަމަށެވެ. އެގޮތޔުން ބޯހިޔާވަހިކަމުގެ 172 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ ކަަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދުތައް:
– ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލަ
– މަސައްކަތް ކުރުމުގެ ޙައްޤާ ގުޅޭ 156 މައްސަލަ
– ޤާނޫނާ ޚިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ
– އަދުލުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީޢަތްކުރުމާ ގުޅޭ 26 މައްސަލަ
– ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ
– މުދާ ހޯދުމާއި މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ
– އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލަ
– އިޤްތިޞާ- ދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭގޮތުން 09 މައްސަލަ
– ޕެންޝަން ލިބުމުގެ ޙައްޤާ ގުޅޭ 07 މައްސަލަ
– މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ގުޅޭ 06 މައްސަލަ
– އުނގެނުމުގެ ޙައްޤާ ގުޅޭ 06 މައްސަލަ
– އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލަ
މީގެ އިތުރުންވެސް ވަކި ދާއިރާއެއް ހާމަކޮށް އެހެނިހެން ދާއިރާތަކާ ގުޅޭ ދިހަ މައްސަލައެއް ހުށައަޅާފައިިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.
ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފައިވާއިރު، 26 މައްސަލައެއް ނުބެލުމަށް ވަނީ ނިންމައިފާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ދީފަ އެވެ.
" އަދި އެއް މައްސަލައެއް އިންތިޤާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 06 މައްސަލައެއްގައި އިތުރު މަޢުލޫމާތު ހޯދުމަށް ފޮނުވަން ނިންމައި، އިތުރު 05 މައްސަލައެއްގެ ޝަރުޢީ މަރުޙަލާ ކުރިއަށްދާތީ، އެ މަރުޙަލާ ނިމުމުން ހުށަހެޅުމަށް ވަނީ އަންގައިފައެވެ." އިންތިގާލީ އިންސާފުގެ އޮފީހުން ހާމަކުރި މައުލޫމާތު ބުނެފައިވެ އެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 13 ޖޫން 2021 އިން 13 ސެޕްޓެންބަރ 2021ގެ ނިޔަލަށެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިބިގެންވެއެވެ.