"ރޭ 00:45 ހާއިރު މަކުނުދޫ އެމްބިޔުލާންސް ހަލާކުވެފައި އޮތުމުން ބަލި މީހަކު ސިއްޚީ މަރުކަޒައް ބަރޯއަކަށް ލައިގެން ގެންދާ މަންޒަރު ފެނުމުން ކަންބޮޑުވޭ، މިކަމަކީ މިހެން ވާންޖެހޭ ކަމެއްނޫން އެމްބިޔުލާންސް ހަލާކުވެއްޖާ އިތުރު ގޮތްތައް ހުންނަން ޖެހޭނީ ހަމަޖެހިފައި"
މަކުނުދޫގައި ބަލި މީހަކު ރޭ ދަންވަރު އުފުލީ ބަރޮލުގައިއެވެ. މި ހިތްދަތިފޮޓޯ ޓުވީޓާއަށް ދޫކޮށްލީ އެރަށުގައި ރައީސް މުހައްމަދު އަމީނެވެ. އެމްޑީޕީގައި އެކްޓިވްކޮށް ފެންނަ އަމީން ވަނީ އެމްބިއުލަންސް ހަލާލުވެފައި އޮތިއްޔާ އެހެން ގޮތެއް ހަމަޖެފައި އޮންނަންވާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެއީ ރަށުގެ މީހުންގެ ވެސް ކަންބޮޑުވުމެވެ. އެތައް ބަޔަކު އެ ފޮޓޯ ފެނި ސަރުކާރަށް ފާޑުކިޔަމުން އެބަދެ އެވެ.
އެކަމު މި ފޮޓޯއާއެކު މަކުނުދޫ ހެލްތް ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ ހާމިދު އިބްރާހިމް ވަނީ ގިނަ ވާހަކަތަކެެއް އައްޑޫލައިވްއާ ހިއްސާ ކޮށްފަ އެވެ. ރަށްރަށުގެ ސިއްހީ ހާލަތަށް އަންނަ ބަދަލާއި މި ސަރުކާރު އައިރު އޮތް ހާލަތު އޭނާ ވިދާޅުވި އެވެ.
އެމްބިއުލަންސް ހަލާކުވެފައި އޮންނަތާ 17 ދުވަސް
ހާމިދު ވިދާޅުވި ގޮތުގައި ބަލި މީހަކު ބަރޮލުގައި އުފުލައިގެން ގެންގޮސްފައިވަނީ ރަށުގެ އޮތް އެމްބިއުލަންސް ހަލާކުވެފައި އޮތުމުންނެވެ. އެމްބިއުލަންސް ހަލާކުވެފައި އޮތްތާ 17 ދުވަސް ވެއްޖެ އެވެ.
ރަށުގައި އޮތީ 2005 ވަނަ އަހަރު ގެނައި އެމްބިއުލަންސްއެއް
ހާމިދު ވިދާޅުވީ މިހާރު ބައެއް ރަށްރަށުގައި ބޭނުން ކުރަމުންދާ އެމްބިއުލަންސް ތަކަކީ ބޭނުން ނުކުރެވޭ ވަރަށް ބާވެފައި ހުރި ވެހިކަލްތަކެވެ. އެގޮތުން މަކުނުދޫ ބޭނުންކުރަމުންދިޔަ އެމްބިއުލަންސްއަކީ 2005 ވަނަ އަހަރު ނ.ހޮޅުދޫއަށް ގެނައި އެމްބިއުލަންސް އެކެވެ.
ރޭ 00:45 ހާއިރު މަކުނުދޫ އެމްބިޔުލާންސް ހަލާކުވެފައި އޮތުމުން ބަލި މީހަކު ސިއްޚީ މަރުކަޒައް ބަރޯއަކަށް ލައިގެން ގެންދާ މަންޒަރު ފެނުމުން ކަންބޮޑުވޭ، މިކަމަކީ މިހެން ވާންޖެހޭ ކަމެއްނޫން އެމްބިޔުލާންސް ހަލާކުވެއްޖާ އިތުރު ގޮތްތައް ހުންނަން ޖެހޭނީ ހަމަޖެހިފައި pic.twitter.com/5DhdjM5QzK
— Ameen Mohamed (@Ameenkumundhoo) October 22, 2021
"މި ހުރި އެމްބިއުލަންސްތަކަކީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި އެމްބިއުލަންސްތައް. އެ އެއްޗިހީގެ އެކްސްބަޔާވެސް ލިބޭ ގޮތެއް ނޯވޭ. މިހާރު މި ރަށުގައި(މަކުނުދޫގައި) މި އޮތް އެމްބިއުލަންސްވެސް މަރާމާތު ކުރަމުން ކުރަމުން ގޮސް މިހާރު އެ ބޭނުން ކުރެވެން އޮތީ އިންޖީނު އެއްކޮން އޯވަހޯލްކޮށްގެން." ހާމިދު ވިދާޅުވި އެވެ،
ކުމުންދޫއަށް އަލަށް ގެންނަ އެމްބިއުލަންސް މިހާރު ވަނީ ރާއްޖެ ގެނެސްފައި
އެމްބިއުލަންސް ނެތް ރަށްތަކަށް އަލަށް އެމްބިއުލަންސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މަކުނުދޫއަށް ވެސް އެމްބިއުލަން ފޯރުކޮށްދޭން ވަނީ ހަމަ ޖައްސާފަ އެވެ. އެސްޓީއޯއާ ސަރުކާރުން ރާއްޖެއިން ބޭރުން ގެންނަ 96 އެމްބިއުލަންސްތަކުގެ ތެރޭގައި ކުމުންދޫއަށް ގެންނަ އެމްބިއުލަންސް ހިމެނެވެ. ހާމިދު ވިދާޅުވި ގޮތުން އޭގެ ތެރެއިން މިހާރު ރާއްޖެ ގެނެސްފައިވާ އެމްބިއުލަންސްތަކުގެ ތެރޭގައި މަކުނުދޫއަށް ގެންނަ އެމްބިއުލަންސް ހިމެނެ އެވެ.
"މިހާރު މަކުނުދޫ އެމްބިއުލަންސް މި އިނީ އިންޖިނިއަރިން އިންސްޓެކްޝަން ނިމި ރަޖިސްޓްރޭޝަން މަރުހަލާގައި،" ހާމިދު ވިދާޅުވި އެވެ.
ރަށްރަށުގައި އެމްބިއުލަންސް ނެތިގެން ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކަށްވެސް ހާމިދު ރައްދު ދިނެވެ. އޭނާ ވިދާޅުވި ގޮތުން މީގެ ކުރިން ރަށްރަށުގައި އެމްބިއުލަންސް ހަމަކޮށް ހުރި ނަމަ މިހާރު އަލަށް އެމްބިއުލަންސް ހޯދާކަށްވެސް ނުޖެހުނީހެވެ. އެހެން ނަމަވެސް ސަރުކާރުން މިހާރު ކުރަމުންދަނީ ރާއްޖޭގެ ސިއްހީ ހާލަތު ރަނގަޅު ކުރަން ބޮޑެތި މަސައްކަތްތަކެއް ކަމަށް ވިދާޅުވި އޭނާ ވަނީ އެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.